ނަކަލު ކޮށްފައިވާ ވަގު ޕާސްޕޯޓެއް ބޭނުންކޮށްގެން ރާއްޖެއަށް އެތެރެވާން އުޅުނު މީހަކު ހިފަހައްޓައިފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ސައްހަ ޕާސްޕޯޓަކަށް ބަދަލު ގެނެސް، ޕާސްޕޯޓް ފޯޖް ކޮށްގެން ރާއްޖެ އެތެރެވާން މަސައްކަތްކުރި ބިދޭސީއެއް ހުއްޓުވާފައިވާ ކަމަށެވެ. އެގޮތުން ހުއްޓުވާފައިވަނީ 40 އަހަރުގެ ފިރިހެނެކެވެ.
ނަމަވެސް އެއީ ކޮން ގައުމެއްގެ މީހެއް ކަމެއް އަދި އިތުރު ތަފުސީލެއް ވެސް އިމިގްރޭޝަނުން ހާމައެއް ނުކުރެއެވެ. ނަމަވެސް އެމީހާގެ ލޮލާއި އަނގަމަތި ނުފެންނަ ގޮތަށް ފޮޓޯއެއް ވަނީ ޓުވީޓުކޮށްފައެވެ.
ޝަހުސު އޮޅުވާލައިގެން ވަގު ޕާސްޕޯޓުތަކުގައި ރާއްޖެއަށް އެތެރެވާން އުޅޭ ބިދޭސީންގެ މައްސަލަތައް މީގެ ކުރިންވެސް ވަނީ ފެންމަތިވެފައެވެ.
ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށްފަހު އަލުން ބޯޑަރު ހުޅުވާލާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. އެގޮތުން ބޯޑަރު ހުޅުވާލިތާ ފުރަތަމަ 10 ދުވަހު ރާއްޖެއަށް ޖުމުލަ 904 ފަތުރުވެރިން އައިސްފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު