ޚަބަރު

ސީސައިޑް ފިނޮޅުން ހަތަރު ބިދޭސީއަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އަލީ ޔާމިން

ބ. އަތޮޅުގައި ތަރައްގީކުރަމުން އަންނަ ރިސޯޓަކުން ކޮވިޑް 19އަށް ހަތަރު މީހަކު ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީސީއޯ)ގެ އޮފިޝަލަކު "ވަން"އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، ސީސައިޑް ފިނޮޅުގައި މަސައްކަތް ކުރަމުން ދިޔަ ހަތަރު ބިދޭސީއަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެ ރަށުން ޕޮޒިޓިވްވެފައިވަނީ ބަންގްލަދޭޝްއަށް ނިތްބަތްވާ ތިން މީހަކާއި އިންޑިއާގެ މީހެކެވެ.

އެޗްޕީއޭއިން މިހާރު ވަނީ އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައެވެ.

މީގެ ދެތިން ދުވަސް ކުރިން ބ. އޭދަފުށީ ހޯމް ކަރަންޓީނުގައި ހުރި ދެމީހަކުވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

މިހާތަނަށް ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ އަދަދު 3300 އަށްވުރެ މައްޗަށް އަރާފައިވާ އިރު، މި ބަލީގައި 15 މީހަކު ވަނީ މަރުވެފައެވެ.