މިމަހުގެ 12 ވަނަ ދުވަހު ކޮވިޑަށް ޕޮޒިޓިވްވި، ބޮލީވުޑްގެ ކުޅަދާނަ ބަތަލާ އައިޝްވާރިޔާ ރާއީ އާއި އޭނާގެ ދަރިފުޅު އަރާދުޔާ ބައްޗަން ބަލިން ފަސޭހަވެ ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.
އެ ދެމައިންނަށް ކޮވިޑް ޖެހިފައިވަނީ، ބޮލީވުޑްގެ މަޝްހޫރު ބަތަލު އަބީޝެކް ބައްޗަން އަދި އޭނާގެ ބައްޕަ އަމީތާބު ބައްޗަން ކޮވިޑަށް ޕޮޒިޓިވްވި ފަހުންނެވެ. އެ ދެބަފައިންނަށް އަދިވެސް އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.
އަބީޝެކް މިއަދު ކުރި ޓުވީޓެއްގައި ބުނީ، އައިޝްވާރިޔާ އާއި އަރާދުޔާ ބަލިން ފަސޭހަވެ ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށާއި އެމީހުން މިހާރު ތިބޭނީ ގޭގައި ކަމަށެވެ.
"ހެޔޮ ދުއާކުރި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރަން،" އަބީޝެކްގެ ޓުވީޓުގައިވެއެވެ.
މީގެ އިތުރުން އަބީޝެކް ބުނީ، އޭނާއާއި ބައްޕަ އަމީތާބު އަދިވެސް ތިބީ ހޮސްޕިޓަލުގައި ކަމަށެވެ. އަބީޝެކް އަދި އަމީތާބު އެޑްމިޓްކޮށްފައިވާ ނަނަވަތީ ހޮސްޕިޓަލުން ވަނީ އެ ދެމީހުންގެ ހާލު ރަނގަޅު ކަމަށް ބުނެފައެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް