މިނިވަންދުވަސް ފާހަގަ ކުރުމަށް، ހއ.ހޯރަފުށީ އެއާޕޯޓުގައި 600 ގަސް އިއްޔެ އިންދައިފިއެވެ.
އެކަން ފާހަގަކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެފައި ވަނީ ހޯރަފުށީ އެއާޕޯޓުގައި ގަސް އިންދުމުގައި، ހއ. އަތޮޅު ސްކޫލްގެ ޓީޗަރުންނާއި ދަރިވަރުންނާއި މުވައްޒިފުން ހިމެނޭގޮތަށް 450 މީހުން ބައިވެރިވެފައިވާ ކަމަށެވެ.
އެހަރަކާތަކީ، އެތައް ބަޔަކު ބައިވެރިވެގެން ބޭއްވި، އުފާވެރި މުހިއްމު ހަރަކާތެއްކަން ފާހަގަ ކުރައްވައި، ސަލީމު ވިދާޅުވެފައިވަނީ، އެހަރަކާތުގައި އިންދާފައިވާ ކޮންމެ ގަހެއް ރަމްޒު ކޮށްދެނީ ގަދަރުވެރިކަމާއެކު ރަނގަޅު މުސްތަގުބަލަކަށް ކުރެވޭ އުއްމީދުތައް ކަމަށެވެ.
ހޯރަފުށީ އެއާޕޯޓު ތަރައްގީ ކުރަނީ، 1،200 މީޓަރުގެ ރަންވޭއަކާއި 8،635 ސްކޮއާ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީވޭއެއް އޮންނަ ގޮތަށެވެ.
އެ އާޕޯޓް ތަރައްގީ ކުރުމަށްޓަކައި 842،200 ކިއުބިކް މީޓަރުގެ ބިން ވަނީ ހިއްކައިފަ އެވެ. އެހެންކަމުން އެތަނުގައި ގަސްއިންދުމުގެ ތަފާތު ހަރަކާތްތައް އެކި ދުވަސްމަތިން އަންނަނީ ހިންގަމުންނެވެ.
ހޯރަފުށި
ހޯރަފުށި
ހޯރަފުށި
ހޯރަފުށި