މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހް އެމްއޭސީއެލްއިން ރިޓަޔާ ކުރައްވައިފިއެވެ.
މޫސާ ސޯލިހް ވަނީ 39 އަހަރު އެމްއޭސީއެލްއަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވައިފައެވެ.
އެކްޓިންގ މެނޭޖިން ޑިރެކްޓަރެއްގެ ގޮތުގައި މޫސާ ސޯލިހު އެ ކުންފުނި ހިންގެވުމާ ހަވާލުވެވަޑައިގެންނެވީ، 2018 ވަނަ އަހަރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުން އާދިލް މޫސާ އިސްތިއުފާދެއްވިފަހުންނެވެ.
މޫސާ ސޯލިހުވަނީ، އެކުންފުނީގެ އިސް އެކި އެކި މަގާމުތައް އަދާ ކުރައްވައިފައެވެ.
މޫސާ ސޯލިހު ރިޓަޔާކުރައްވާފައިވާއިރު އެމްއޭސީއެލްގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު ކަމަށް އިނގިރޭސި ރައްޔިތެއް ކަމަށްވާ ގޯޑަން އެންޑްރޫ ސްޓީވާޓް، މިދިޔަ ޖޫންމަހުގެ 28 ވަނަ ދުވަހު ވަނީ އައްޔަން ކޮށްފައެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް