ސްޕެއިންގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވެ ދެވަނަ ރާޅެއްގެ ބިރުވެރިކަން އުފެދިއްޖެއެވެ.
ސްޕެއިންގައި އިއްޔެ އެކަނިވެސް 922 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައި ވެއެވެ.
ސްޕެއިން އިން ކޮވިޑް ޖެހިގެން ޖުމުލަ 28،432 މީހުން މަރުވެފައިވާކަމަށް ރެކޯޑު ކުރެވިފައިވާއިރު ފާއިތވެދިޔަ 24 ގަޑިއިރުތެރޭ އެކަނިވެސް އެގައުމުން 10 މީހުން ވަނީ މަރުވެފައެވެ.
ސްޕެއިންގައި އަޅައިފައިވާ ފިޔަވަޅުތައް އަނެއްކާވެސް ވަރުގަދަކުރަން ފަށާފައިވާއިރު އެގައުމުގައި އެންމެ ބާރަށް ކޮވިޑް ފެތުރެމުން ދާ ކެޓަލޯނިއާގައި ވަނީ އާންމު އެއްވުންތައް މަނާކޮށް ހަރުކަށި އެތަކެއް ފިޔަވަޅުތަކެއް އަޅައިފައެވެ.
ސްޕެއިންގައި ކޮވިޑްގެ ކޭސްތައް އިތުރުވާން ފެށުމާއެކު އިނގިރޭސިވިލާތުން ވަނީ އެގައުމަށް އެތެރެވާ ސްޕެއިން ރައްޔިތުން 14 ދުވަހަށް ކަރަންޓީނު ވާންޖެހޭ ގޮތަށް ހަދައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ