މިނިވަން ދުވަހާއި، އީދު ދުވަހާ ގުޅިގެން މިފްކޯއަށް މަސްގަތުން މެދުކަނޑައިލަން ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މިފްކޯއިން ބުނީ، މިނިވަން ދުވަހާއި، އަލުހާއީދުގެ މުނާސަބަތުގައި، މާދަމާއިން ފެށިގެން ހަތަރު ދުވަސް ވަންދެން އެ ކުންފުނީގެ ސެންޓަރު ތަކާއި، ބޯޓު ފަހަރުން މަސްގަތުން މެދުކަނޑައިލާނެ ކަމަށެވެ.

އެތަންތަނުން ދެން މަސްގަންނަން ފަށާނީ، އަންނަ އޯގަސްޓް މަހުގެ ދޭއްވާ އާދިއްތަ ދުވަހުން ފެށިގެން ކަމަށްވެސް މިފްކޯއިން ބުނެފައިވެއެވެ.

ބޮޑު އީދާ ދިމާކޮށް މިފްކޯއިން ވަނީ އަގުހެޔޮކޮށް މަސްކޭސް ވިއްކާ ފަސްމީރު ބޮޑު އީދު ޕްރޮމޯޝަނެއް ވެސް ކުރިއަށް ގެންގޮސްފައެވެ.

މިމަހުގެ އެކަކުން 23 އަށް ކުރިއަށްގެންދިޔަ މި ޕްރޮމޯޝާންގައި 48 ދަޅުގެ މަސްދަޅުގެ ތެޔޮ މަސްކޭހެއް 640 ރުފިޔާއަށް، 24 ދަޅުުގެ ތެޔޮ މަސްކޭހެއް 320 ރުފިޔާއަށް ބަނީ ވިއްކައިފައެވެ.