ބޮލީވުޑްގެ މަޝްހޫރު ތަރި ސުޝާންތު ސިންގުރާޖުޕުތު އަމިއްލައަށް މަރުވުމާ ގުޅިގެން އެމައްސަލައިގެ ތަހުގީގަށް މަޝްހޫރު ބަތަލާ ކަންގަނާ ރަނޯއަތު ފުލުހުން ހާޒިރުވުމަށް ނޯޓިސް ފޮނުވައިފި އެވެ.
ސުޝާންތުގެ މަރު ތަހުގީގު ކުރަމުން އަންނަ ބަންޑްރާގެ ފުލުހުންގެ އޮފިޝަލަކާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނީ، ސުޝާންތުގެ ކުއްލި މަރުގެ ފަހަތުގައި އޮތް ސަބަބުތައް އިތުރަށް ހޯދުމަށްޓަކައި، ކަންގަނާގެ ފަރާތުން ފުލުހުން ބޭނުންވާ ބައެއް މައުލޫމާތު އެބަހުރި ކަމަށެވެ. އެގޮތުން ކަންގަނާ ފުލުހަށް ހާޒިރު ކުރަނީ އެ މައްސަލައިގައި ބަޔާން ނެގުމަށެވެ. ފުލުހަށް ހާޒިރުވުމަށް އަންގައި ކަންގަނާއަށް ނޯޓިސް ފޮނުވާފައިވަނީ އިއްޔެ އެވެ.
ބްންޑްރާ ފުލުހުން ދަނީ ސުޝާންތު އަމިއްލައަށް މަރުވި ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އޭނާގެ މަރާ ގުޅިގެން ފުލުހުން ވަނީ މިހާތަނަށް އޭނާގެ ގާތް 38 މީހުންގެ ބަޔާން ނަގައިފަ އެވެ. އޭގެތެރޭގައި ސުޝާންތުގެ ލޯބިވެރިޔާ ރިއާ ޗަކަރަބޮޓީ ވެސް ހިމެނެ އެވެ.
ޑިޕްރެޝަނަށް ފަރުވާ ހޯދަމުން ދަނިކޮށް ސުޝާންތު އަމިއްލައަށް މަރުވުމާ ގުޅިގެން ކަންގަނާ ވަނީ ބޮލީވުޑްގައި ނެޕްޓިޒަމް އޮތް މިންވަރާއި އިންޑަސްޓްރީގައި ސުޝާންތު އެކަހެރިކޮށްލާފައި ހުރި މިންވަރާއި ގުޅޭގޮތުން ފާޅުގައި ވާހަކަ ދައްކައިފަ އެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން