ބޮލީވުޑްގެ މަޝްހޫރު ބަތަލާއިން ކަމަށްވާ ކަންގަނާ ރަނޯއަތު އަދި ތާޕުސީ ޕަންނޫގެ މެދުގައި ވޭތުވެދިޔަ ހަފުތާގައި ވަނީ ވަރަށް ގިނަ ބަހުގެ ހަމަލާތަކެއް ބަދަލުކުރެވިފައެވެ. އެގޮތުން ދެތަރިން ވެސް ވަނީ އެކަކު އަނެކަކަށް ފާޑުކިޔައި ޓުވީޓްތަކެއް ކޮށްފައެވެ.
ދާދިފަހުން އިންޑިއާގެ ނިއުސް ޗެނަލަކަށް ދިން އިންޓަވިއުއެއްގައި ތާޕުސީ ވަނީ ކަންގަނާ އަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ. ތާޕުސީ ބުނީ އޭނާއަށް ލިބުނު ބައެއް ފިލްމުތައް އަތުލިއިރު ކަންގަނާ އެކަން ކުށްވެރިކޮށް ވާހަކަދައްކައި، އޭނާއަށް ސަޕޯޓް ނުދޭ ކަމަށެވެ.
ތާޕުސީ ބުނީ އޭނާ އެއްވެސް އިރެއްގައި އެހެން މީހުންގެ ގާތުގައި އޭނާއަށް ސަޕޯޓް ކުރަން ނުބުނާ ކަމަށާއި، ދިމާވި ކަންކަމާއި ދެކޮޅަށް ވާހަކަދައްކައި، އެކަންކަމާ ދެކޮޅަށް ތެދުވީ އަމިއްލަޔަށް ކަމަށެވެ. ތާޕުސީ ބުނީ ކަންގަނާ އެއްވެސް އިރެއްގައި ބޮލީވުޑްގެ މަޝްހޫރު އާއިލާއަކަށް ނިސްބަތް ނުވާ ތަރިއެއްގެ ދިފާއުގައި ނުނިކުންނަ ކަމަށެވެ.
ތާޕުސީ ބުނީ، އޭނާ އަށް ލިބުނު ފިލްމުތައް ފަހުން މަޝްހޫރު ތަރިންގެ ދަރިންނަށް ދީފައިވާކަން ގަބޫލުކުރާ ކަމަށެވެ. އެހެންނަމަވެސް ކަންގަނާއާއި އޭނާގެ ދައްތަ ތާޕުސީ ބޮލުގައި ދޮގު އިލްޒާމުތައް އަޅުވައި، އޭނާގެ ބުރަ މަސައްކަތަށް ފާޑު ކިޔުމަކީވެސް ހަނގާ ކުރުން ކަމަށެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން