ދުނިޔެ

ޕްރިންސް ވިލިއަމް އަދި ކޭޓް ކޯވިޑް19 ފަންޑަށް 1.8 މިލިއަން ޕައުންޑް ހަދިޔާކޮށްފި

އީމާ މުހައްމަދު ވަހީދު

1

ޕްރިންސް ވިލިއަމް އަދި ކޭޓް މިޑްލެޓަންގެ ރޯޔަލް ފައުންޑޭޝަންގެ ފަރާތުން ޔޫކޭގައި ކޯވިޑް 19 އާ ދެކޮޅަށް ހަނގުރާމަ ކުރާ ފަންޑަށް 1.8 މިލިއަން ޕައުންޑް ހަދިޔާކޮށްފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި ޕްރިންސް ވިލިއަމްގެ ދެކަނބަލުން ހަދިޔާ ކުރެއްވި ފައިސާ ހޭދަކުރާނީ ކޯވިޑް 19 އާ ގުޅިގެން ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމަށާއި އަދި ފްރޮންޓްލައިން ސަޕޯޓެއްގެ ގޮތުގައެވެ.

ޕްރިންސް ވިލިއަމް އަދި ކޭޓްގެ އެހީ ނަފްސާނީ ބަލިތަކަށް ހިދުމަތްދޭ މަރުކަޒުތަކަށް ދިނީ އެތަންތަނުގެ ހިދުމަތްތަކުގެ ފެންވަރު ފުޅާކުރުމަށެވެ.

ޕްރިންސް ވިލިއަމް އަދި ކޭޓް އެހީ ދިން އޮގަނައިޒޭޝަންގެ މަންދޫބަކު ބުނީ، ވޭތުވެދިޔަ ދެތިން މަހު ފްރޮންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުން ކުރަމުންގެންދާ ބުރަމަސައްކަތް އެންމެންނަށްވެސް އެނގޭ ކަމަށެވެ. މި ހާލަތުގެ ސަބަބުން އެމުވައްޒަފުންގެ އާއިލާތަކަށާއި މުޅި ޔޫކޭގައި ދިރިއުޅެމުން އަންނަ ރައްޔިތުންނަށް ނަފްސާނީ ގިނަ މައްސަލަތަކާ ކުރިމަތިވާ ކަމަށެވެ.