މިދިޔަ ފަސް އަހަރު ތެރޭ ޖުމުލަ 211 ފުލުހަކާ މެދު ފިޔަވަޅު އަޅާފައިވާ އިރު، އޭގެ ތެރެއިން 146 ފުލުހަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުންގެ މައްޗަށް ތުހުމަތުކުރެވޭ އަހުލާގީ މައްސަލަތައް ތަހުގީގުކުރުމުގައި އަމަލު ކުރާ އުސޫލުތަކާއި އެ މައްސަލަތައް ބެލުމުގެ މަރުހަލާތައް އަދި ފިޔަވަޅު އެޅުމާބެހޭ މައުލޫމާތާއި ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑްގެ މަސައްކަތްތަކުގެ ތަފާސްހިސާބު ފުލުހުން ވަނީ މިއަދު މީޑިއާތަކާ ހިއްސާކޮށްފައެވެ.
އެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ ފަސް އަހަރު ތެރޭ 146 ވަޒީފާއިން ވަކިކޮށްފައިވާ އިރު، އޭގެ ތެރެއިން އެންމެ ގިނަ ފުލުހުން ވަކިކުރަން ޖެހުނީ ވަޒީފާއަށް ހާޒިރުނުވުމުގެ ސަބަބުންނެވެ. އެގޮތުން ވަޒީފާއަށް ހާޒިރުނުވުމުގެ މައްސަލަތަކުގައި މިދިޔަ ފަސް އަހަރު ތެރޭގައި 70 ފުލުހަކު ވަނީ ވަކިކޮށްފައެވެ.
މިއަހަރުގެ މިހާތަނަށް 12 ފުލުހަކު ވަޒީފާއިން ވަކިކޮށްފައިވާ އިރު، 2016 ވަނަ އަހަރު 36 ފުލުހަކު ވަޒީފާއިން ވަކިކޮށްފައިވެއެވެ. އަދި 2017 ވަނަ އަހަރު 46 ފުލުހަކު، 2018 ވަނަ އަހަރު 31 ފުލުހަކު އަދި 2019 ވަނަ އަހަރު 21 ފުލުހަކު ވަޒީފާއިން ވަކިކޮށްފައިވެއެވެ.
ވަޒީފާއިން ވަކިކުރުމުގެ އިތުރުން ވެސް ފުލުހުންނަށް އެކި ކަހަލަ ފިޔަވަޅު އަޅާފައިވެއެވެ. އެގޮތުން 28 ފުލުހެއްގެ ރޭންކް ދަށްކޮށް، 22 ފުލުހަކަށް ކައުންސެލިން ދީ، 8 ފުލުހަކު ވަޒީފާ އަދާކުރާއިރު ކައިރިން ސުޕަވައިޒް ކުރެވޭނެ އިންތިޒާމު ހަަމަޖައްސާފައިވެއެވެ. އަދި fަސް ފުލުހަކު ވަޒީފާ އަދާކުރާ ތަން ބަދަލުކޮށް ތިން ފުލުހަކަށް ވަނީ ހާއްސަ ތަމްރީން ދީފައެވެ.
ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުން 2016 ވަނަ އަހަރު 27 ފުލުހަކަށް ނަސޭހަތާއި އިންޒާރު ދީފައިވެއެވެ. 2017 ވަނަ އަހަރު 32 ފުލުހަކަށް، 2018 ވަނަ އަހަރު 30 ފުލުހަކަށް އަދި 2019 ވަނަ އަހަރު 31 ފުލުހަކަށް ވަނީ ނަސޭހަތާއި އިންޒާރު ދީފައެވެ. މިއަހަރުގެ މިހާތަނަށް ނަސޭހަތާއި އިންޒާރު ދީފައިވަނީ 15 ފުލުހަކަށެވެ.
- މާރާމާރީ މައްސަލަތައް - އެއް ފުލުހަކު
- ބަދުއަހުލާގީ މައްސަލަތައް - ތިން ފުލުހަކު
- ފުުލުހުންގެ ގައިގައި ހުންނަންޖެހޭ އަހުލާގީ މިންގަނޑާއި ހިލާފުވުން - އެއް ފުލުހަކު
- މަގާމުގެ ނުފޫޒާއި ބާރު ނަހަމަގޮތުގައި ބޭނުންކުރުން - ދެ ފުުލުހަކު
- އޮފީހަށް ހާޒިރުވުމުގައި ފަރުވާ ކުޑަކުރުން - އެއް ފުލުހަކު
- ކޯޑް އޮފް ކޮންޑަކްޓް އަދި ކޯޑް އޮފް އެތިކްސްއާ ހިލާފުވުން - ހަތަރު ފުލުހަކު
- އާންމު މުވައްޒަފުންގެ ކޯޑް އޮފް ކޮންޓަކްޓާ ހިލާފުވުން - ދެ ފުލުހަކު
- ވަޒީފާއަށް ހާޒިރުނުވުން - 21 ފުލުހަކު
- ވައްކަން - އެއް ފުލުހަކު
- ފޭރުން - ދެ ފުލުހަކު
- މަސްތުވާތަކެތި - ފަސް ފުލުހަކު
- ބަދުއަހުލާގީ މައްސަލަތައް - ދެ ފުލުހަކު
- ގަވާއިދާ ހިލާފުވުން - ދެ ފުލުހަކު
- ފުލުހުންގެ މުދަލާއި ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުން - އެއް ފުލުހަކު
- ސިއްރު ހިފެހެއްޓުމާ ހިލާފުވުން - 8 ފުލުހަކު
- ފުލުހުންގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގައި ފަރުވާ ކުޑަކުރުން - އެއް ފުލުހަކު
- ފުުލުހުންގެ ގައިގައި ހުންނަންޖެހޭ އަހުލާގީ މިންގަނޑާ ހިލާފުވުން - ދެ ފުލުހަކު
- ސިޔާސީ ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވުން / ހޭދަކުރުން - ދެ ފުލުހަކު
- މަގާމުގެ ނުފޫޒާއި ބާރު ނަހަމަގޮތުގައި ބޭނުންކުރުން - ތިން ފުލުހަކު
- އޮފީހަށް ހާޒިރުވުމުގައި ފަރުވާ ކުޑަކުރުން - އެއް ފުލުހަކު
- ކޯޑް އޮފް ކޮންޑަކްޓް އަދި ކޯޑް އޮފް އެތިކްސްއާ ހިލާފުވުން - ތިން ފުލުހަކު
- ވަޒީފާއަށް ހާޒިރުނުވުން - 14 ފުލުހަކު
- ވައްކަން - އެއް ފުލުހަކު
- މަސްތުވާތަކެތި - ފަސް ފުލުހަކު
- ރަސްމީ ލިޔެކިޔުމަށް ބަދަލު ގެނައުން - އެއް ފުލުހަކު
- ފުުލުހުންގެ ގައިގައި ހުންނަންޖެހޭ އަހުލާގީ މިންގަނޑާ ހިލާފުވުން - އެއް ފުލުހަކު
- ސިޔާސީ ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވުން / ހޭދަކުރުން - އެއް ފުލުހަކު
- މަގާމުގެ ނުފޫޒާއި ބާރު ނަހަމަގޮތުގައި ބޭނުންކުރުން - އެއް ފުލުހަކު
- ކޯޑް އޮފް ކޮންޑަކްޓް އަދި ކޯޑް އޮފް އެތިކްސްއާ ހިލާފުވުން - އެއް ފުލުހަކު
- ވަޒީފާއަށް ހާޒިރުނުވުން - 19 ފުލުހަކު
- ވައްކަން - އެއް ފުލުހަކު
- މަސްތުވާތަކެތި - އެއް ފުލުހަކު
- ބަދުއަހުލާގީ މައްސަލަތައް - ދެ ފުލުހަކު
- ފުުލުހުންގެ ގައިގައި ހުންނަންޖެހޭ އަހުލާގީ މިންގަނޑާ ހިލާފުވުން - ދެ ފުލުހަކު
- މަގާމުގެ ނުފޫޒާއި ބާރު ނަހަމަގޮތުގައި ބޭނުންކުރުން - އެއް ފުލުހަކު
- ވަޒީފާއަށް ހާޒިރުނުވުން - 14 ފުލުހަކު
- ބަދުއަހުލާގީ މައްސަލަތައް - ދެ ފުލުހަކު
- ގަވާއިދާ ހިލާފުވުން - ދެ ފުލުހަކު
- އިހުމާލު - އެއް ފުލުހަކު
- ފުުލުހުންގެ ގައިގައި ހުންނަންޖެހޭ އަހުލާގީ މިންގަނޑާ ހިލާފުވުން - އެއް ފުލުހަކު
- ވަޒީފާއަށް ފިލުން - އެއް ފުލުހަކު
- ބާރުގެ ބޭނުން ނަހަމަ ގޮތުގައި ކުރުން - ތިން ފުލުހަކު
- ވަޒީފާއަށް ހާޒިރުނުވުން - ދެ ފުލުހަކު
ޚަބަރު
ޚަބަރު
ޚަބަރު