ޔޫތު މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް އަލީ ޒަކީ ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
ޔޫތު މިނިސްޓްރީގެ ޕީއޭ އަޒްމޫން އަހުމަދު "ވަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އަލީ ޒަކީ ޕޮޒިޓިވްވިކަން އެނގިފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.
އަލީ ޒަކީއަކީ މާފަންނު ސޯސަލް ސެންޓަރުގައި ހުންނަ ޔޫތު ޑިވެލޮޕްމަންޓް ޑިޕާޓުމަންޓުގައި މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށާއި އެހެންކަމުން އޭނާ ކޮންޓެކްޓްވެފައިވާނީވެސް އެ ޑިޕާޓުމަންޓްގެ މުވައްޒަފުންނާ ކަމަށް އަޒްމޫން ވިދާޅުވިއެވެ.
އެނގިފައިވާ ގޮތުގައި އަލީ ޒަކީ ވަނީ މި ހަފުތާގެ ދެ ދުވަހު މަސައްކަތަށް ނުކުންނަވައިފައެވެ. ނަމަވެސް އޭނާއާ ކޮންޓެކްޓްވެފައިވަނީ ވަރަށް މަދު މުވައްޒަފުންނެވެ. އޭގެ ތެރޭގައި ޔޫތު މިނިސްޓްރީގެ ސީނިއާ މެނޭޖުމަންޓްގެ ބޭފުޅެއް ނުހިމެނެއެވެ.
ޔޫތު މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް އަލީ ޒަކީ ކޮވިޑަށް ޕޮޒިޓިވްފެއިވާއިރު ޔޫތު މިނިސްޓްރީގެ ދަށުން ހިންގާ ސްޕޯޓްސް ކައުންސިލްގެ ރައީސް އިބްރާހީމް އިސްމާއިލްވެސް ވަނީ މިމަހުގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު