ފޭކު ވިސާއާއެކު ޗައިނާ ތިން މީހަކު އެމެރިކާއިން ހައްޔަރުކޮށްފިއެވެ.
އެމެރިކާއިން މި ތިން މީހުން ހައްޔަރުކޮށްފައިވާއިރު ހައްޔަރު ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އިތުރު މީހަކު ސެން ފްރަންސިސްކޯގައި ހުންނަ ޗައިނާގެ ކޮންސިއުލޭޓަށް ވަދެ ހިމާޔަތް ހޯދައިފައިވާ ކަމަށް އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް އިން ވަނީ ބުނެފައެވެ.
ހައްޔަރުކޮށްފައިވާ މީހުންނަކީ ޗައިނާގެ ފޯސްއަށް ނިސްބަތްވާ ބައެއް ކަމަށް ޝައްކުވީ ނަމަވެސް އެމީހުން އެކަމާ އިންކާރުކޮށްފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ޖަސްޓިސް އިން ބުނެފައިވެއެެވެ.
އެމެރިކާގެ ފެޑަރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން ވަނީ އެގައުމުގައި ދިރިއުޅޭ ޗައިނާ ރައްޔިތުން އެގައުމުގެ 25 ސިޓީއަކުން ހޯދައި އެމީހުންނާ ސުވާލުކޮށްފައެވެ.
އެމެރިކާގެ އޮފިޝަލުން ވަނީ ޗައިނާގެ ގިނަ ސައިންޓިސްޓުން ޖާސޫސުންގެ ގޮތުގައި އެމެރިކާގައި ހަރަކާތްތެރިވަމުންދާ ކަމަށް ބުނެފައެވެ. ޗައިނާގެ ޖާސޫސުންގެ ތެރެއިން ގިނަ ބަޔަކު ހިމާޔަތް ހޯދުމަށް ސެން ފްރެންސިސްކޯގައި ހުންނަ ޗައިނާގެ ކޮންސުލޭޓުގައި އެބަތިބި ކަމަށް އެމެރިކާއިން ބުނެއެވެ.
އެމެރިކާއިން ވަނީ މިދިޔަ ހަފުތާގައި ހިއުސްޓަންގައި ހުންނަ ޗައިނާގެ ކޮންސުލޭޓް ވެސް ބަންދުކޮށްފައެެވެ. އެ ކޮންސުލޭޓުން އެމެރިކާގެ ގިނަ އިންޓެލް ގިނަ މައުލޫމާތު ވަގަށް ނެގުމުގައި ބައިވެރިވެފައިވާ ކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ