ފޭކް ސޯޝަލް މީޑިއާ ފްލޯވާސް އާއި ގުޅޭ މައްސަލައްގައި ބޮލީވުޑްގެ މަޝްހޫރު ދެ ބަތަލާއިން ކަމަށްވާ ދީޕިކާ ޕަޑްކޯން އަދި ޕްރިޔަންކާ ޗޯޕްރާ ފުލުހަށް ހާޒިރުކޮށް ސުވާލުކުރަން އުޅޭ ކަމަށް އިންޑިއާގެ ބައެއް މީޑިއާތަކުގައި ރިޕޯޓް ކޮށްފިއެވެ.
މުމްބާއީ ފުލުހުން ވަނީ ފައިސާ ދީގެން ސޯޝަލް މީޑިއާގައި ފޭކް ފްލޯވަރުން ގެންގުޅޭ މައްސަލަ ތަހްގީގު ކުރަން ފަށައިފައެވެ. އެ މައްސަލައާ ގުޅޭގޮތުން އެންމެ ފަހުން ފުލުހުން އާއްމުކުރި ރިޕޯޓްތަކުގައި ވާގޮތުގައި ދިޕިކާ އަދި ޕްރިޔަންކާގެ އިތުރުން އިންޑިއާގެ މަޝްހޫރު ހައި ޕްރޮފައިލް 176 މީހަކާވެސް ސުވާލުކުރުމަށް ފުލުހުން ވަނީ ނިންމައިފައެވެ.
އެ 176 މީހުންގެ ތެރޭގައި ބޮލީވުޑްގެ މަޝްހޫރު ތަރިންނާއި، ވިޔަފާރިވެރިންނާއި، ކުޅިވަރުގެ ދާއިރާގައި އުޅޭ މަޝްހޫރު ފަރާތްތައްވެސް ހިމެނެއެވެ. އިންޑިއާގެ މީޑިއާ ރިޕޯޓްތަކުގައި މުމްބާއީ ޖޮއިންޓް ކޮމިޝަނަރު އޮފް ޕޮލިސް ވިނޭ ކުމާރު ޗޯބޭ އާ ހަވައިލާދީ ބުނެފައިވާ ގޮތުގައި މިހާތަނަށް ކުރި ތަހުގީގުތަކުން އެނގިފައިވާ ގޮތުގައި އެގޮތަށް ސޯޝަލް މީޑިއާގައި ފޭކް ފޮލޯވަރުންގެ ހިދުމަތްދޭ 54 ފާމެއް އެބަހުއްޓެވެ.
ފޭކް ސޯޝަލް މީޑިއާ އެކައުންޓް ހެދުމުގެ ކުށުގައި އަބީޝެކް ދިނޭޝް ކިޔާ މީހަކު ވަނީ ހައްޔަރުވެސް ކޮށްފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން