ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ރެސްޓޯރެންޓަކާއި ޖިމެއް ހިންގާނެ ފަރާތެއް ހޯދަން މިއަދު އިއުލާންކޮށްފި އެވެ.

އެ އިއުލާނުގައި ވަނީ، މަޖިލީހުގެ އާ އިމާރާތުގެ ޓެރަސްގައި، 12 ވަނަ ބުރީގައި ރެސްޓޯރެންޓެއް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލާ ކަމަށެވެ. އެކަމާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ފަހު، ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 16 ގައި ލިބޭނެ ކަމަށް ވެސް އިއުލާނުގައި ވެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ރެސްޓޯރެންޓަކާއި ޖިމަކާއި ފިހާރައެއް ހެދުމުގެ މަަސައްކަތް ކުރަމުން އަންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.