ބ. ތުދާޅޫގައި ކަރަންޓީންގައި ހުރި މީހަކު މަރުވެއްޖެއެވެ.

ތުޅާދޫ ސިއްހީ މަރުކަޒު ހިންގުމާ ހަވާލުވެ ހުންނެވި މާހީނޫޒް އަބޫބަކުރު "ވަން" އަށް ވިދާޅުވީ ހާޓްއެޓޭކެއް ޖެހިގެން މިއަދު 3:30 ހާއިރު މީހަކު މަރުވެފައިވާ ކަމަށެވެ. މަރުވެފައިވަނީ 59 އަހަރުގެ ފިރިހެނެއް ކަމަށެވެ.

މާހީނޫޒް ވިދާޅުވީ އެމީހާ މިހާރު ކޮވިޑަށް ޓެސްޓް ކޮށްފައިވާ ކަމަށާއި ނަތިޖާ ލިބެންދެން މަޑުކުރަމުން އަންނަ ކަމަށެވެ.

އޭނާ އަކީ މާލެއިން އެރަށަށް ގޮސް ކަރަންޓީންގައި ހުރި މީހެއް ކަމަށާއި އެމީހާ މަރުވެފައިވަނީ ކަރަންޓީީންގައި ހުންނަތާ 10 ދުވަސް ފަހުން ކަމަށް މާހީނޫޒް ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑް ޖެހިގެން މިހާތަނަށް 15 މީހަކު މަރިވެފައިވެއެވެ. އެންމެ ފަހުން މަރުވެފައިވަނީ 42 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިހާތަނަށް ޖުމުލަ 10 ދިވެއްސަކު ވަނީ މި ބަލީގައި މަރުވެފައެވެ. ރާއްޖޭގައި ކޮވިޑް ޖެހިގެން ގިނައިން މަރުވެފައިވަނީ އުމުރުން ދުވަސްވީ މީހުންނެވެ.