ނޮކިއާ އާއި ސްރީލަންކާ ޓެލެކޮމް ގުޅިގެން ލަންކާގައި އެންމެ ފަހުގެ ފައިބާ ނެޓްވޯކެއް އަޅަން ނިންމައިފިއެވެ.
ސްރީލަންކާ ޓެލެކޮމް އިން ވަނީ "އަ ފައިބާ ޓު ހޯމް"ގެ ނަމުގައި ނޮކިއާއާ ގުޅިގެން މަސައްކަތް ފަށައިފައެވެ.
މި މަސައްކަތް ނިމުމުން ލަންކާގެ ހައި ސްޕީޑް ބްރޯޑްބޭންޑުގެ ހިދުމަތް ދެލައްކައަށް ވުރެ ގިނަ ވިޔަފާރިތަކާއި އާންމުންނަށް ލިބިގެންދާނެ ކަމަށް ސްރީލަންކާ ޓެލެކޮމް އިން މައުލޫމާތުދެއެވެ.
ސްރީލަންކާ ޓެލެކޮމް އިން ވަނީ އެގައުމުގެ ގިނަބަޔަކު އަލްޓްރާ ބޮރޯޑްބޭންޑް އިންޓަނެޓަށް ބަރޯސާވާ ކަމަށާއި ނޮކިއާގެ ފައިބާ ސޮލިއުޝަނާއެކު އަޕްލޯޑް އަދި ޑައުންލޯޑް ސްޕީޑަށް އިތުރު ފުރިހަމަ ކަމެއް އައިސް ސްޕީޑް އަވަސްވެގެން ދާނެ ކަމަށް ބުނެފައެވެ.
ނޮކިއާ އިން ތައާރަފުކޮށްފައިވާ އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެހީއާއެކު ލަންކާގެ އިންޓަނެޓަށް އިތުރު އިންގިލާބީ ބަދަލެއް އަންނާނެ ކަމަށް ސްރީލަންކާ ޓެލެކޮމް އިން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ