ގަތަރުގައި 2022 ވަނަ އަހަރު ބާއްވަން ނިންމާފައިވާ ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ތާރީހަށް ބަދަލު ގެނެސްފިއެވެ.
2022 ވަނަ އަހަރުގެ ޖޫން އަދި ޖުލައިގައި ބާއްވަން ނިންމި މުބާރާތް މިހާރު ބާއްވަން ނިންމާފައިވަނީ އެއަހަރުގެ ނޮވެމްބަރު 21 އިން ޑިސެމްބަރު 22 އަށް ކަމަށް ފީފާއިން މިއަދު ވަނީ ބުނެފައެވެ.
މިގޮތަށް ނިންމި ސަބަބެއް ކަމުގައި ފީފާއިން ބުނެފައިވަނީ ކުރިން މުބާރާތް ބާއްވަން ނިންމި ތާރީހަކީ ގަތަރުގެ ހޫނު މޫސުމަށް ވުމުން ޓީމުތަކަށް އުނދަގޫތައް ކުރިމަތިވާނެތީ އެކަމަށް ބެލުމަށްފަހު ކަމަށެވެ.
ފީފާއިން ވަނީ އެ މުބާރާތުގެ ޝެޑިއުލް ވެސް މިއަދު އާންމުކޮށްފައެވެ. މި ޝެޑިއުލްގައި ވަނީ ގްރޫޕް ސްޓޭޖުގައި ކޮންމެ ދުވަހަކު ހަތަރު މެޗު ކުޅޭ ގޮތަށެވެ.
ފީފާއިން ބުނީ މުބާރާތް ފަށާ މެޗު ކުޅުމަށް ނިންމާފައިވަނީ 60،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމެއް ކަމަށްވާ ދޯހާގެ އަލް ބައިތު ސްޓޭޑިއަމްގައި ކަމަށެވެ. ޖުމްލަ 32 ޓީމުން ވާދަކުރާ 2022ގެ ވޯލްޑް ކަޕްގެ މެޗުތައް ކުޅޭނީ ގަތަރުގެ ފަސް ސިޓީއެއްގެ އަށް ސްޓޭޑިއަމްގައެވެ.
މީގެ އިތުރުން އެ މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 18 ގައި 80،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމެއް ކަމަށްވާ ލުސައިލް ސްޓޭޑިއަމްގައި ކަމަށް ފީފާއިން ވަނީ ބުނެފައެވެ.
ވޯލްޑް ކަޕް
ވޯލްޑް ކަޕް
ވޯލްޑް ކަޕް
ވޯލްޑް ކަޕް