ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް އަންނަ މަހުން ފެށިގެން ޓޯކުރަން ފެށުމަށް ފުލުހުން ނިންމައިފިއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި މަސައްކަތް ކުރުމަށް ނިންމާފައިވަނީ އެޗްޑީސީއާ އެކު ހުޅުމާލެ މަގުތައް ތަރުތީބު ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިންނެވެ.
އެގޮތުން ހުޅުމާލޭގައި ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތަކުގެ އިތުރުން ގިނަ ދުވަސްވަންދެން ބަހައްޓާފައިހުންނަ، ބާވެ ހަލާކުވެފައިވާ އުޅަނދުތަކާއި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައި ހުންނަ އުޅަނދުތައްވެސް ޓޯކުރުމުގެ މަސައްކަތް ފެށުމަށް ނިންމާފައިވާ ކަމަށް ފުލުހުން ބުނެއެވެ. މިކަން ކުރިޔަށް ގެންދާނީ ހަމަޖެހިފައިވާ ވަކި އުސޫލުތަކަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ވަނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ގަވައިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމަށް އުޅަނދުތަކުގެ ވެރިފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.
ހުޅުމާލޭގެ މަގުތަކުގައި ގަވައިދާ ހިލާފަށް ޕާކް ކޮށްފައި ހުރި ވެހިކަލްތައް ނަގަން ފުލުހުން ނިންމި އިރު، މާލޭގައި ދުއްވާ ވަރަށް ގިނަ އަދަދެއްގެ ވެހިކަލް ހުޅުމާލޭގައި ރޭގަނޑު ޕާކު ކުރާ މައްސަލަ ވަނީ ބޮޑުވެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު