ބިގްބޮސްގެ އެންމެ ކާމިޔާބު އެއް ސީޒަން ކަމަށްވާ 13 ވަނަ ސީޒަން އިން ފެނިގެން ދިޔަ ޕަންޖާބުގެ ލަވަކިޔުންތެރިޔާ ހިމާންޝީ ކުރާނާ އަށް ކޯވިޑް 19 ޖެހިފައި ހުރިތޯ ބެލުމަށް ޓެސްޓް ކޮށްފިއެވެ.
ވޭތުވެދިޔަ ދުވަސްތަކުގައި ބަލިކޮށް އުޅުމަށްފަހު ހިމާންޝީ ކޯވިޑަށް ޓެސްޓް ކޮށްފައިވާއިރު އަދި މިހާތަނަށް ނަތީޖާއެއް ނުލިބެއެވެ. ހިމާންޝީގެ މެނޭޖަރު ބުނީ، ހިމާންޝީ ކޯވިޑް އަށް ޓެސްޓް ކޮށްފައި ވީނަމަވެސް ނަތީޖާ ނުލިބޭ ކަމަށާއި، އޭނާ ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށްބުނެ ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށެވެ.
ހިމާންޝީ ބައްޔަށް ޓެސްޓް ކޮށްފައިވާއިރު، އޭނާ ބަލިވުމުގެ ކުރިން ދިޔައީ ލޯބިވެރިޔާ އަދި ބިގްބޮސް 13 ވަނަ ސީޒަންގެ ރަނައަޕް އާސިމް ރިޔާޒު އާއި އެކު ކުޅޭ ދެވަނަ ލަވައިގެ ޝޫޓިންތަކުގެ މަސައްކަތް ކުރަމުންނެވެ. އެދެމީހުންގެ އެ ލަވަ ކިޔާފައިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ އަރިޖިތު ސިންގުއެވެ.
ހިމާންޝީ އާއްމުންގެ ތެރޭގައި ބޮޑަށް މަޝްހޫރުވީ ބިގްބޮސްގެ ތެރެއިން އޭނާ އާއި އާސިމްއާއި ދެމެދު އޮތް ގުޅުމުގެ ސަބަބުންނެވެ. މީގެއިތުރުން ހިމާންޝީ އަދި ބިގްބޮސްގައި ގިނަ ބައެއްގެ ސަޕޯޓް ހޯދި ޝެހެނާޒު ގިލްއާއި ދެމެދު އޮތް ޒާތީ މައްސަލަތަކުގެ ވާހަކަ ވެސް އެދުވަސްވަރު މީޑިއާތަކުގައި ވަރަށް ބޮޑަށް ދެކެވުނެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން