ރަޖިސްޓްރީކޮށްގެން ހިންގާ ބައެއް ޖަމިއްޔާތަކުން ގައުމީސަލާމަތަށް ނުރައްކާވާ ގޮތަށް ހިންގާ ހަރަކާތްތަކަށް ހިތްވަރުދެމުންދާ ކަމަށް ބުނެ އެކަން އެގޮތަށް ނުކުރުމަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ މުޖުތަމައުގައި ހުންނަ ނޭދެވޭ ކަންތައްތަކާއި، ރަނގަޅު ކުރަންޖެހޭ ކަންކަން ގާނޫނީ އިމުގެ ތެރެއިން ހިޔާލު ފާޅުކުރުމުގައި އެމިނިސްޓްރީން މަރުހަބާ ކިޔާނެ ކަމަށެވެ. ހަރުދަނާ ޑިމޮކްރަޓިކް މުޖުތަމައުއެއް ބިނާކުރުމުގައި ހިޔާލު ފާޅުކުރުމަކީ މުހިންމު ކަމެއް ކަމަށް އެމިނިސްޓްރީން ދެކޭ ކަމަށް ބުނެފައިވެއެވެ.
އެހެންނަމަވެސް ރަޖިސްޓްރީކޮށްގެން ހިންގާ ބައެއް ޖަމިއްޔާތަކުން، ގާނޫނާއި ގަވާއިދުތަކާ ކަނޑައެޅިގެން ހިލާފު ގައުމީ ސަލާމަތަށް ނުރައްކާވާ ގޮތަށް ހިންގާ ހަރަކާތްތަކަށް މީސް މީޑިއާ ފަދަ އެކިއެކި ޕްލެޓްފޯމްތަކުގައި ހިތްވަރު ދެމުންދާކަން އެ މިނިސްޓްރީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެކަމާ އެ މިނިސްޓްރީ އިންތިހާއަށް ހިތާމަކުރާ ކަމަށް ޔޫތު މިނިސްޓްރީން ވަނީ ބުނެފައެވެ.
އެފަދަ ކަންކަމަކީ ޖަމިއްޔާތަކުގެ ގާނޫނީ އިމުން ބޭރުން ހިންގާ ކަންކަން ކަމަށްވުމުން އެކަންކަން ހުއްޓާލުމަށް އެ މިނިސްޓްރީން އިލްތިމާސް ކުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު