ބ. އޭދަފުށީގެ މަގު ހެދުމުގެ މަސައްކަތުގެ 79 ޕަސެންޓް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އޭދަފުށީގެ މަގު ހެދުމުގެ މަސައްކަތް ކުރަނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. އެ ޕްރޮޖެކްޓް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ އެއްވަނަ ދުވަހުއެވެ. އެ ޕްރޮޖެކްޓަށް ޖުމްލަ 38.3 މިލިއަން ރުފިޔާ ހަރަދު ކުރެއެވެ.
އެމްޓީސީސީން ބުނީ އޭދަފުށީގައި ގާއިމުކުރާ ސްޓޯމް ވޯޓާ ނެޓްވޯކްގެ 75 ޕަސެންޓް ނިމިފައިވާ ކަމަށާއި މަގުތަކުގައި އަޅާ އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) ލޭޔަރުގެ 64 ޕަސެންޓް އަޅާ ނިމިފައިވާ ކަމަށެވެ.
މަގުތަކުގައި ތާރު އެޅުމަށް ބޭނުންވާ ހުރިހާ ތަކެއްޗެއް މިހާރު މަސައްކަތް ކުރާ ސަރަހައްދަށް ގެންގޮސްފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
އޭދަފުށީގެ މަގު ހެދުމުގެ ޕްރޮޖެކްޓްގެ ދަށުން އެރަށުގެ ބޮޑެތި މަގުތައް ހެދުމާއި މަގުތަކުގެ ދުވާރާއި ޕޭމަންޓްގައި އަޅާ ގާގެ ޑީޓެއިލް ސާވޭ ހެދުމާއި މަގުތަކުގައި ފެންބޮޑުވުން ހުއްޓުވުމަށް ސްޓޯމް ވޯޓާ ނެޓްވޯކް ގާއިމުކުރުމާއި ގްރެވިޓީ ޕައިޕް ނެޓްވޯކްތައް ގާއިމުކުރުން ހިމެނެއެވެ.
އޭދަފުށި މަގު ހެދުމުގެ މަސައްކަތަށް ޖުމްލަ 38.3 މިލިއަން ރުފިޔާ ހަރަދު ކުރާއިރު މަޝްރޫއުގެ މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ އޭޕްރިލް މަހުގެ 22 ވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު