ކުށުގެ ރިކޯޑާއި ދަރަނީގެ ރިކޯޑު ސާފުކުރުމުގެ ހިދުމަތް އޮންލައިންކޮށް ލިބޭ ގޮތަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، ޑީޖޭއޭ އިން ހަމަޖައްސައިފި އެވެ.
ޑީޖޭއޭ އިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މިދިޔަ ހަފްތާއިން ފެށިގެން ސަރުކާރު އޮފީސްތައް ހުޅުވާލައި، ސަރުކާރު އޮފީސް އަދި އިދާރާތަކަށް ހާޒިރުވެގެން ހިދުމަތް ހޯދުމުގެ އިންތިޒާމު ހަމަޖައްސާފައި ވީނަމަވެސް އެ ޑިޕާޓްމަންޓުން އެފަދައިން އަމަލު ނުކުރާ ކަމަށެވެ.
އެގޮތުން ޑީޖޭއޭގެ ހިދުމަތްތައް ހޯދަން ބޭނުންވާ މީހުންނަށް އޮފީހަށް ގޮސްގެން ހިދުމަތް ހޯދޭނެ ގޮތެއް ހަމަޖައްސާފައި ނުވަނީ އެ ޑިޕާޓްމަންޓުގެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށް ޑީޖޭއޭއިން ބުނެއެވެ. އާންމުންނަށް ފަސޭހައިން ހިދުމަތް ހޯދޭނެ މަގު ފަހިކޮށްދިނުމަށް އެ ޑިޕާޓްމަންޓުން ދެމުން ގެންދާ ރިކޯޑުތައް ސާފުކުރުމުގެ ހިދުމަތް އޮންލައިންކޮށް ދެމުން ގެންދާނެ ކަމަށް ޑީޖޭއޭއިން ބުނެއެވެ.
ޑީޖޭއޭއިން ވަނީ އޮންލައިންކޮށް މި ހިދުމަތް ހޯދުމަށް އެދޭ ނަމަ އެކަމަށް ބޭނުންވާ ފޯމު ފުރުމަށްފަހު އައިޑީކާޑޫގެ ޕީޑީއެފް ކޮޕީއަކާއެކު [email protected] އަށް މެއިލް ކުރުމަށް އެދިފައެވެ.
މި މެއިލް ތަކަށް ޖަވާބުދޭނީ ވެސް އޮންލައިންކޮށް ކަމަށް ޑީޖޭއޭއިން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު