މި ދިޔަ ސީޒަނުގައި ފޯކައިދޫ އެފްސީގެ ވައިސް ކެޕްޓަނެއްގެ ގޮތުގައި ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި ޒުވާން ފޯވާޑް މުހައްމަދު ޖައިލަމް (އޮގީ) އެ ކްލަބު ދޫކޮށް ކްލަބް ގްރީން ސްޓްރީޓަށް ސޮއިކޮށްފިއެވެ.
23 އަހަރުން ދަށުގެ ގައުމީ ފުޓުބޯޅަ ޓީމުގެ އިތުރުން ސީނިއާ ޓީމުން ވެސް ޖާގަ ހޯދި އޮގީ މި ދިޔަ ސީޒަނުގެ ވަކި ހިސާބަކުން ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ވަނީ ކުޅުމާއި ދުރަށް ދާން ޖެހިފައެވެ.
މޯލްޑިވްސް ފުޓްބޯލް އެވޯޑްސް ގައި ހޮވި 2018 ވަނަ އަހަރުގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ އެވޯޑް އޮގީ ވަނީ ހާސިލްކޮށްފައެވެ.
އޮގީ ވަނީ އޭނާގެ އުމުރުން އެންމެ 16 އަހަރުގައި ފުރަތަމަ ޑިވިޝަނުގެ ކްލަބެއް ކަމަށްވާ ބީޖީއަށް ކުޅެފައެވެ. އޭރުވެސް އޮގީ ފާހަގަ ވެގެންދިޔައީ ތަފާތު ހުނަރުވެރި އަދި މުސްތަގުބަލު އޮތް ކުޅުންތެރިއެއްގެ ގޮތުގައެވެ.
2018 ވަނަ އަހަރު ބޭއްވި އައިއޯއައިޖީގައި ރާއްޖެއިން ބައިވެރި ވި ޓީމުގެ އިތުރުން ވޯލްޑް ކަޕް/އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި ވާދަކުރާ ސީނިއާ ޓީމުން ވެސް އޮގީ ޖާގަ ހޯދިއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު