ބޮލީވުޑްގެ މަޝްހޫރު ތަރި އަބީޝެކް ބަޗަން ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އަބީޝެކް މީގެ އިރުކޮޅެއް ކުރިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ބައްޕަ އަމީތާބު ބަޗަން އާއެކު އޭނާވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އޭނާ ވެސް ހޮސްޕިޓަލުގައި އެޑްމިޓްވެފައިވާ ކަމަށް ބުނެފައިވެއެވެ.

އަބީޝެކް ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، އޭނާގެ އަންހެނުން އަދި ބަތަލާ އައިޝްވާރިޔާ ރާއީ އަދި ދަރިފުޅު އަރާދުޔާ ބައްޔަށް ޕޮޒިޓިވްވި ކަމެއް އަދި ސާފެއް ނުވެއެވެ. އަބީޝެކް ކޮވިޑް ޕޮޒިޓިވް ވުމުން ބޮލީވުޑްގެ ގިނަ ތަރިންނާއި ސަޕޯޓަރުން ދަނީ އޭނައަށް އަވަސް ޝިފާއަކަށް އެދެމުންނެވެ.

އަމީތާބު ބައްޗަން ކޮވިޑަށް ޕޮޒިޓިވް ވެގެން ފަރުވާ ހޯދަމުން އަންނަނީ މުމްބާއީގެ ނަނަވަތީ ހޮސްޕިޓަލުގައެވެ.