އިނގިރޭސި ކުރީގެ ފުޓުބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމްގެ ވިޔަފާރިތައް ބަލަހައްޓާ ކުންފުނި ޑީ.ބީ ވެންޗާސްއިން، އޭނާގެ ނަމުގައި ނެރޭ ސެންޓުތައް އަގުހެޔޮ ފިހާރަތަކާއި ޕެޓްރޯލް ޝެޑްތަކުގައި ވިއްކަމުންދާ ކަމަށް ބުނެ، ސެންޓު އުފައްދާ ކޮޓީ ކުންފުންޏާ ދެކޮޅަށް 41 މިލިއަން އެމެރިކާ ޑޮލަރުގެ ބަދަލެއް ހޯދުމަށް އެމެރިކާގެ ކޯޓަކަށް ދައުވާ ހުށަހަޅައިފިއެވެ.
މިއީ ބެކަމްގެ ބްރޭންޑުގެ ރީތި ނަމާއި ލަގްޒަރީ ސިފަޔަށް އުނިކަން ލިބޭ ގޮތަށް، ހުއްދަ ނެތް ގޮތުގައި އިނގިރޭސިވިލާތުގެ އަގުހެޔޮ ފިހާރަ ޗެއިން "ޕައުންޑްލޭންޑު" ގަޔާއި ޕެޓްރޯލް ޝެޑްތަކުގައި ސެންޓު ވިއްކި މައްސަލައެއްގައި ހުށަހެޅި ދަޢުވާއެކެވެ.
ނިއުޔޯކުގެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ޑީ.ބީ ވެންޗާސްއިން ބުނެފައިވަނީ، ކޮޓީ ކުންފުނިން އެއްބަސްވުމާ ޚިލާފަށް 24 މިލިއަން ޑޮލަރުގެ ސެންޓު ހުއްދަ ނެތް ގޮތުގައި ވިއްކާފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން ބެކަމްގެ ބްރޭންޑަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށްވެސް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.
މި މައްސަލައިގައި ކޮޓީ ކުންފުނިން ވަނީ ޕައުންޑްލޭންޑުގައި އެ ސެންޓުތައް ވިއްކި ކަމަށް ކުރެވޭ ތުހުމަތުތައް ދޮގުކޮށްފައެވެ. އަދި އެ ކުންފުންޏަށް ސެންޓު ވިއްކާނެ ތަންތަން ނިންމުމުގެ ގާނޫނީ ހައްގު ލިބިގެންވާ ކަމަށް ބުނެ، މި ދަޢުވާ ބާތިލުކޮށްދިނުމަށް އެ ކުންފުނިން ވަނީ ކޯޓުގައި އެދިފައެވެ.
ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ހޮލީވުޑް
ކޮމެންޓް