މަޝްހޫރު ފިލްމް ސީރީޒް ޖޭމްސް ބޮންޑުގެ ކުރިއަށް އޮތް ފިލްމުގައި 007 ގެ ރޯލު ކުޅޭނެ އެކްޓަރަކަށް އިނގިރޭސި އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖައްސައިފިކަން އެމަޒޯން އެމްޖީއެމް ސްޓޫޑިއޯސްއިން އިއުލާންކޮށްފިއެވެ.
މިއީ 2021 ވަނަ އަހަރު ނުކުތް ފިލްމަށް ފަހު ޑެނިއަލް ކްރެގް މި ރޯލު ދޫކޮށްލުމާ ގުޅިގެން ކުރިއަށް ގެންދިޔަ ދިގު އޮޑިޝަންތަކަށް ފަހު ނިންމި ނިންމުމެކެވެ. މި ނިންމުމާއެކު ޕެޓިންސަން ވެގެންދާނީ ސިނަމާގެ ތާރީޚުގައި ޖޭމްސް ބޮންޑުގެ ރޯލު ކުޅޭ 7 ވަނަ އެކްޓަރަށެވެ.
ޖޭމްސް ބޮންޑުގެ 26 ވަނަ ފިލްމު ޑައިރެކްޓްކުރަން ހަމަޖެހިފައިވަނީ މަޝްހޫރު ޑައިރެކްޓަރު ޑެނިސް ވިލެނޫވް އެވެ. މި ފިލްމުގެ ސްކްރީންޕްލޭ ލިޔަނީ ޕީކީ ބްލައިންޑާސްގެ ކްރިއޭޓަރު ސްޓީވަން ނައިޓެވެ.
މި ރޯލު ލިބުމާ ގުޅިގެން ޕެޓިންސަން ބުނެފައިވަނީ ޖޭމްސް ބޮންޑުގެ ރޯލު ކުޅެން ލިބުމަކީ އޭނާގެ ހަޔާތުގައި ލިބުނު އެންމެ ބޮޑު ޝަރަފު ކަމަށެވެ. މިއީ އޭނާގެ ގިނަދުވަސްވީ އުއްމީދެއް ހަގީގަތަކަށް ވެގެންދިޔަ އުފާވެރި ވަގުތެއް ކަމަށްވެސް އޭނާ ނެރުނު ބަޔާނެއްގައި ބުންޏެވެ.
ކުރިން ޓްވައިލައިޓް އަދި ބެޓްމޭން ފަދަ މަޝްހޫރު ފިލްމުތަކުން ފެނިގެން ގޮސްފައިވާ ޕެޓިންސަން ވަނީ މި ރޯލަށް ހޮވުމުގެ ކުރިން އިތުރު މަޝްހޫރު އެކްޓަރުންނާ ވާދަކޮށްފައެވެ. އެމަޒޯން އެމް.ޖީ.އެމްއިން ބުނި ގޮތުގައި ޕެޓިންސަންގެ ހުނަރާއި މަސައްކަތުން ޖޭމްސް ބޮންޑުގެ ސީރީޒަށް އާ ދިރުމެއް ލިބޭނެއެވެ.
ހޮލީވުޑް
ހޮލީވުޑް
ހޮލީވުޑް
ހޮލީވުޑް
ކޮމެންޓް