މީިޑިއާތަކަށް ބިރުދައްކައި މީޑިއާތަކުގެ އަނގަ ބަންދު ކުރުމަށް ސަރުކާރާއި، ރައްޔިތުންގެ މަޖިލީހުން ކުރަމުންދާ މަސައްކަތް ހުއްޓާ ލުމަށާއި، ވަކި ވަކި މީޑިއާތަކަށް އަމާޒުކޮށް ކުރަމުންދާ ފުރައްސާރަ ހުއްޓާލުމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލީޝަނުން ގޮވާލައިފިއެވެ.
މިކަމަށް ގޮވާލައި އެ ކޯލީޝަނުން ނެރެފައިވާ ބަޔާނެއްގައި ވަނީ، މީޑިއާތައް ޖޫރިމަނާ ކުރެވޭނެ ގަވާއިދެއް ހެދުމަށްފަހު ވަކި ތާރީހެއްގެ ކުރިން މަޖިލީހަށް ފޮނުވުމަށް ރައްޔިތުންގެ މަޖިލީހުގެ އާމީން އާއްމު ސޮއިކުރައްވައި މީޑިއާ ކައުންސިލަށް ފޮނުވާފައިވާ ސިޓީއާ ގުޅިގެން ކޯލީޝަނުން ކަންބޮޑުވާ ކަމަށެވެ.
އެއީ މިނިވަން މީޑިއާއަށް ހުރަސް އަޅައި މީޑިއާތަކަށް ބިރު ދެއްކުމުގެ ގޮތުން ކުރިއަށް ގެންދާ ވަރަށް ނުރައްކާތެރި ކަންތައްތަކެއްގެ ފެށުން ކަމަށްވެސް ބުނެފައި ވެއެވެ.
ރާއްޖޭގައި މިހާރު ހިންގަމުންދާ އެކި އެކި ކަންކަމާ ގުޅޭގޮތުންނާއި، ދާދިފަހުން ސަފާރީއެއްގައި ކެންޔާ އަންހެނަކު ރޭޕްކޮށް ސިޔާސީ ނުފޫޒުގަދަ ބަޔަކު ހިނގާފައިވާކަމަށް ބުނާ އަމަލުތަކާ ގުޅޭގޮތުން ރިޕޯޓް ކޮށްފައިވާ މީޑިއާތަަކުގެ މައްސަލަ ބެލުންފަދަ ކަންކަން ހިންގުމަކީ މިނިވަން ނޫސްވެރިކަމެއް އޮންނަން ޖެހޭ ކަމަށްބުނެ ވަރަށްބޮޑަށް އަޑުގަދަކުރި ފަރާތްތަކުން ހިންގާ ވަރަށް ދަށު ދަަރަޖައިގެ، ކަމެއް ކަމަށްވެސް ބުނެފައި ވެއެވެ.
މީޑިއާ އަކީ ޑިމޮކްރެސީގެ ހަތަރުވަނަ ބާރު ކަމަށާއި، މިނިވަން މީޑިއާގެ މުހިއްމުކަމަށް ވަކާލާތު ކުރަމުން އައި ފަރާތްތަކުން ވެރިކަމަށް އައިސް ނޫސްވެރިންގެ އަނގަ ބަންދުކޮށް މީޑިއާގެ މިނިވަންކަން ހަނިކުރުމަށް ރޭވިގެން ކުރަމުންދާ މަސައްކަތް ކުށްވެރިކުރާ ކަމަށްވެސް ބުނެފައި ވެއެވެ.
"މިނިވަންކަމާއެކު ވަކި އަތަކަށް ނުޖެހި، ހަބަރާއި މައުލޫމާތު ރައްޔިތުންނާ ހަމައަށް ގެނެސްދިނުމުގެ ފުރުސަތު ދައުލަތުގެ ހުރިހާ މުވައްސަސާއަކުންވެސް ފަހިކޮށްދޭން ޖެހޭނެ، ނަމަވެސް މައުލޫމާތު ހާމަ ކުރުމުގެ ނަމުގައި ސަރުކާރުން މީޑިއާތަކަށް ތަފާތުކުރުން ގެންގުޅޭ ކަމުގެ ކަންބޮޑުވުންތައް ހުރިކަންފާހަގަ ކުރެވޭ، ހަމަ އެއާއެކު މީޑިއާ ކައުންސިލަކީ، މީޑިއާގެ މައްސަލަތައް ބަލާ މިނިވަން ވަކި މުއައްސަސާއަކަށް ވީހިނދު މީޑިއާ ކައުންސިލްގެ މަސައްކަތްތައް ވަކި ގޮތަކަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުން ބާރު ފޯރުވުމަކީ، ސަރުކާރުން ވަރަށް ބޮޑަށް މީޑިއާތައް ކޮންޓްރޯލްކުރުމަށް އަމާޒު ހިފާފައިވާ ކަމުގެ ހެއްކެއް" ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު