ދާހިއްލާ ފަރާތްތަކަށް ހާއްސަކޮށްގެން ސޮނީ އިން އުފެއްދި އެއާކޮންޑިޝަނާ ވިއްކަން ފަށައިފިއެވެ.
ސޮނީ ރިއޮން ޕޮކެޓްގެ ނަމުން ނަންދީފައިވާ މި އޭސީ އެންމެ ފުރަތަމަ ތައާރަފު ކުރަން ހަމަޖެހިފައިވަނީ މިއަހަރުގެ ޓޯކިޔޯ އޮލިމްޕިކްސްގެ ތެރެއިން ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
ގަމީސް ނުވަތަ ޓީޝާޓުގެ އެތެރޭގައި ހަރުކޮށްލެވޭ މި ކުޑަ ކުޑަ އޭސީ އިން ޓެމްޕަރޭޗާ 13 ޑިގްރީއަށް ދަށް ކޮށްލެވެއެވެ.
ފޯނުގެ އެޕެއްގެ އެހީގައި ކޮންޓްރޯލް ކޮށްލެވޭ މިއޭސީން އެއާކޮންޑިޝަނެއްގެ ހުރިހާ މަސައްކަތެއް ކޮށްލަދޭނެއެވެ. ފިނިހޫނުމިން އޮޓޯކޮށްވެސް ބަދަލު ކުރުމުގެ ގާބިލުކަން މި އޭސީއަށް ލިބިގެންވާކަމަށް ސޮނީން ބުނެއެވެ.
މިއޭސީގެ ބެޓެރި އެއް ފަހަރު ޗާޖު ކޮށްލުމުން ފުރިހަމަ 2 ގަޑިއިރު ބޭނުން ކޮށްލެވޭނެކަމަށް ސޮނީން ބުނެއެވެ.
ސޮނީން ރިއޮން ޕޮކެޓް ތައާރަފުކުރި ނަމަވެސް މި ވަގުތު ލިބެން ހުންނާނީ ހަމައެކަނި ޖަޕާނުގައެވެ. އަގަކީ 13،000 ޔެން އެވެ.
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ