ދުނިޔެ

ސިންގަޕޫރުގެ އާންމު އިންތިހާބު އެގައުމުގެ ވެރިކަން ކުރާ ޕާޓީން ކާމިޔާބު ކޮށްފި

މުހައްމަދު އައުޒަމް

ސިންގަޕޫރުގެ އާންމު އިންތިހާބު އެގައުމުގެ ވެރިކަން ކުރާ ޕާޓީން ކާމިޔާބު ކޮށްފިއެވެ.

ހުކުރު ދުވަހު ބޭއްވި އާންމު އިންތިހާބު ސިންގަޕޫރުގެ ޕީޕަލްސް އެކްޝަން ޕާޓީ (ޕީއޭޕީ) އިން ކާމިޔާބު ކޮށްފައިވަނީ %61.2 ވޯޓުންނެވެ. އެއީ ގާނޫނު ހަދާ މަޖިލީހުގެ 93 ގޮނޑީގެ ތެރެއިން 83 ގޮނޑިއެވެ.

ސިންގަޕޫރުގެ ޕީޕަލްސް އެކްޝަން ޕާޓީން އިންތިހާބު ކާމިޔާބު ކުރިނަމަވެސް އެޕާޓީއަށް ވަނީ ތާއީދު ދަށް ވެފައެވެ. 2015 ވަނަ އަހަރު އެގައުމުގައި ބޭއްވި އިންތިހާބުގައި %70 ގެ ކާމިޔާބީއެއް ހޯދި ނަމަވެސް މި އިންތިހާބުގައި %61.2 ވޯޓު ލިބުމުން ސަރުކާރަށް ކުރާ ތާއީދު ދަށް ވާކަން ވަނީ ފާހަގަ ކުރެވިފައެވެ.

ސިންގަޕޫރުގެ އިދިކޮޅު ވޯކާސް ޕާޓީން ވަނީ ގާނޫނު ހަދާ މަޖިލީހުގެ 10 ގޮނޑި ކާމިޔާބު ކޮށްފައެވެ.

ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅުތަކާއެކު އިންތިހާބު ބޭއްވި ސިންގަޕޫރުގެ އާންމު އިންތިހާބުގައި މިފަހަރު ވޯޓުލީ މީހުންގެ ނިސްބަތް ވަނީ ކޮވިޑްގެ ސަބަބުން ދަށް ވެފައެވެ.