ވައިޓް ހައުސްގެ ނޫސްވެރިންގެ ބައްދަލުވުމަކަށް ދިޔަ ނޫސްވެރިޔަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
މިއީ ވައިޓް ހައުސްގައި ނޫސްވެރިޔަކު ކޮވިޑަށް ޕޮޒިޓިވް ވި ފުރަތަމަ ފަހަރެވެ. މި ނޫސްވެރިޔާ ޕޮޒިޓިވް ވި ކަން ވައިޓްހައުސްގެ ކޮރެސްޕޮންޑެންޓްސް އެސޯސިއޭޝަން އިން ވަނީ ކަށަވަރު ކޮށްދީފައެވެ.
ޕޮޒިޓިވް ވި ނޫސްވެރިޔާ ނޫސްވެރިންގެ ބައްދަލުވުމުގައި ހުރީ މާސްކު އަޅައިގެން ކަމަށް ވައިޓް ހައުސް އިން ބުނެއެވެ. މި މީހާގެ ގައިން އެއްވެސް އަލާމާތެއް ފެނިފައެއް ނުވެއެވެ.
ވައިޓް ހައުސްގައި ކޮންޓެކްޓް ޓްރޭސިން ފަށާފައިވާއިރު ކޮންޓެކްޓް ވީ ކިތައް މީހުންނާ ކަން އަދި ހާމަކޮށްފައެއް ނުވެއެވެ. އެންމެން ޓެސްޓު ކުރުމަށް ވަނީ ނިންމައިފައެވެ.
ނޫސްވެރިންގެ ބައްދަލުވުން ހިނގި ރޫމް ނޫން އެހެން ސަރަހައްދަކަށް އެމީހާ ގޮސްފައި ނުވާ ކަމަށްވެސް ވައިޓް ހައުސް އިން ބުނެފައި ވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ