Close
ޚަބަރު

ފެމިލީ ކޯޓުގެ ދެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އަލީ ޔާމިން

ފެމިލީ ކޯޓުގެ ދެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

އެ ދެ މުވައްޒަފުން ޕޮޒިޓިވްވާކަން އެނގިފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ފެމިލީ ކޯޓުގެ ރެޖިސްޓްރާ، އަހުމަދު ނަޝީދު ވަނީ "ވަން" އަށް އެކަން ކަށަވަރުކޮށްދެއްވައިފައެވެ. ނަމަވެސް ޕޮޒިޓިވްވި މުވައްޒަފުންގެ ޖިންސެއް އަދި އެ މުވައްޒަފުން މަސައްކަތްކުރާ ސެކްޝަނެއް ވިދާޅެއް ނުވެއެވެ.

އެނގިފައިވާ ގޮތުގައި ޕޮޒިޓިވްވެފައިވަނީ ފެމިލީ ކޯޓުގެ ބަޖެޓާ ބެހޭ ބައިގައި މަސައްކަތް ކުރާ މީހަކާއި އެ ކޯޓުގެ މަސައްކަތު މީހެކެވެ. އެ ދެ ކޭސްއާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ.

ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު 2553 އަރާފައިވާ އިރު، ރާއްޖެއިން ރަނގަޅުވީ މީހުންގެ އަދަދަކީ 2227 އެވެ.