އަންހެނުން ހައިލޭ ބަލްދަވިން އަކީ އެންޖަލް އެއް ކަމަށް ޖަސްޓިން ބީބަރ ބުނެފިއެވެ. ހައިލޭ އަދި ޖަސްޓިން އަކީ އާއްމުންގެ ތެރޭގައި ވަރަށް މަޝްހޫރު ޖޯޑެކެވެ. އެމީހުން ލޯބި ދިރިއުޅުމަށް ވަނީ އެތައް ބައެއް ތައުރީފު ލިބިފަ އެވެ.
ހައިލޭ އަދި ޖަސްޓިން އަންނަނީ އެދެމީހުންގެ ލޯބި ލޯބި ދިރިއުޅުމުގެ ޖާދޫގައި އެތައް ބަޔަކު ޖައްސަމުންނެވެ އެގޮތުން ޖަސްޓިން ވަނީ އޭނާގެ އަންހެނުން ހައިލޭ ނިދާފައި އޮތް ފޮޓޯއެއް އިންސްޓަގްރާމަށް ލާފައި ކެޕްޝަން އަކަށް "އަ ލިޓަރަލް އެންޖަލް" ޖަހައިފައެވެ.
ދާދި ފަހުން ވަނީ އަންހެނަކު ޓުވީޓާގައި ޖަސްޓިން އޭނާއަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނެ ޓުވީޓްތަކެއް ކޮށްފައެވެ.
އެ ޓުވީޓުތަކާއި ގުޅިގެން ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ޖަސްޓިން އަށް ވަރަށް ބޮޑަށް ފާޑު ވެސް ކިޔައިފައެވެ. އެމީހާ ޖަސްޓިންގެ ބޮލުގައި ދޮގު ތުހުމަތު އަޅުވަނީ ކަމަށް ބުނެ ޖަސްޓިން ވަނީ އޭނާއާ ދެކޮޅަށް ކޯޓަށް މައްސަލައެއް ވެސް ހުށަހަޅައިފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން