ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ފިނިކުރި ކާބޯތަކެތި ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވިއްކަމުން އަންނަ "ކުކުޅު ފިހާރަ އީ މޯލް" އިން ހަތަރު ލޭޔާ މާސްކާއި ސެނެޓައިޒާ ވިއްކަން ފަށައިފިއެވެ.

ކުކުޅު ފިހާރައިގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު މުހައްމަދު ނަޝާތު ވިދާޅުވީ، ފޭސް މާސްކުގެ އިތުރުން ސެނެޓައިޒާ ތައާރަފްކުރީ، ކޮވިޑުން ރައްކާތެރިވުމަށް މީހުން ހާއްސަ ސަމާލުކަމެއް ދެމުން އަންނައިރު، އެ ފިހާރައިގެ ކަސްޓަމަރުންނަށްވެސް ސެނެޓައިޒާގެ އިތުރުން މާސްކް އީމޯލްގައި ލިބެން ހުރުމަކީ މުހިންމު ކަމެއް ކަމުގައި ދެކޭތީ ކަމުގައެވެ.

ނަޝާދު ވިދާޅުވީ، ކުކުޅު ފިހާރައިން ތައާރަފްުކުރި މާސްކަކީ ފެންވަރު ރަނގަޅު މާސްކެއް ކަމަށެވެ. އެގޮތުން 4 ފަށަލަ (ލޭޔާ) ލާފައިވާ މި މާސްކުގެ ފުރަތަމަ ލޭޔާ އަކީ ރެޕެލަންޓް ލޭޔާއެއް ކަމަށާއި ދެން ހުރި ދެ ލޭޔާއަކީ ތަފާތު އެކި ބެކްޓީރިއާ ތަކާއި ކުނޑިތަކުން ރައްކާތެރި ކޮށްދޭ ދެ ލޭޔާ ކަމަށެވެ. އަދި ހަތަރު ވަނަ ލޭޔަރަކީ މިފަދަ ކުނޑިތައް ދަމައިގަންނަ ލޭޔަރެއް ކަމަށާއި އެހެންކަމުން މި ބާވަތުގެ މާސްކަކީ ވައިރަސްތަކުން ސަލާމަތްވުމަށްޓަކައި އާއްމުކޮށް ބޭނުންކުރަން އެކަށީގެންވާ މާސްކެއްގެ ގޮތުގައި ސިއްހީ މާހިރުން ލަފާ ދީފައިވާ ކެޓަގަރީގެ މާސްކެއް ކަމަށް ނަޝާތު ވިދާޅުވިއެވެ.

މީގެ އިތުރުން ނަޝާތު "ކުކުޅު ފިހާރަ އީ މޯލް" އިން ވިއްކާ ސެނެޓައިޒާ އަކީ މިވަގުތު ރާއްޖޭއިން ލިބޭނެ އެންމެ ކޮލިޓީ ސެނެޓައިޒާ ކަމަށާއި އަދި އަގުގެ ގޮތުން ބެލިޔަސް އެ ސެނެޓައިޒާއަކީ އަތްފޯރާ އަގެއްގައި ލިބޭނެ ސެނެޓައިޒާއެއް ކަމަށެވެ.

ކުކުޅު ފިހާރަ ޝޮޕިން މޯލަކީ ރާއްޖޭގައި އެންމެ އަގުހެޔޮކޮށް ތަކެތި ލިބޭ އެއް މޯލްއެވެ. މިދިޔަ އޭޕްރީލް މަހުން ފެށިގެން ކުކުޅު ފިހާރައިން ވަނީ އެ ފަރާތުން ވިއްކާ ތަކެތީގެ އަގު ވަރަށް ބޮޑަށް ހެޔޮކޮށްފައެވެ.

ކުކުޅު ފިހާރައިން މީގެ ކުރިން ފިނިކުރި ކާބޯތަކެތި އެކަނި ވިއްކި ނަމަވެސް އީ-ޝޮޕިން މޯލް ހުޅުވުމާ އެކު ރީތިވާ ސާމާނާއި ގޭތެރެއަށް ބޭނުންވާ ސާމާނު ވެސް އަގުހެޔޮކޮށް މިހާރު ލިބެ އެވެ. އަދި ކޮންމެ ދުވަހަކު އާ އައިޓަމެއް މޯލަށް އިތުރުވާނެ ކަމަށް ކުކުޅު ފިހާރައިން ބުނެއެވެ.

ކުކުޅު ފިހާރައިން އެކިއެކި ޕްރޮމޯޝަންތައް ކުރިއަށްގެންދާ އިރު، އެ ފިހާރައިގެ ވެބްސައިޓު މެދުވެރިކޮށް ހޯލްސޭލް ހިދުމަތް ހޯދާ ކަސްޓަމަރުންގެ ތެރެއިން ކޮންމެ 100 ވަނަ ކަސްޓަމަރަކަށް 20 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް މިހާރުވެސް ކުރިއަށް އެބަދެއެވެ.

ހޯލްސޭލް ކުރާ ފަރާތްތަކަށް 20-30 އިންސައްތައާ ދެމެދުގެ ޑިސްކައުންޓެއް ކުކުޅު ފިހާރައިން ދެމުން އަންނަ އިރު، އެ ފިހާރައިން ވިޔަފާރިކުރާ ކޮންމެ 100 ވަނަ ކަސްޓަމަރުގެ ބިލުގެ 40-50 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެއެވެ. މީގެ އިތުރުން ކުކުޅު ފިހާރައިގެ ވެބްސައިޓު މެދުވެރިކޮށް ހޯލްސޭލްކޮށް ވިޔަފާރި ކުރާ ކަސްޓަމަރުންނަށް އެ ފިހާރައިން އަންނަނީ ހިލޭ ޑެލިވަރީގެ ހިދުމަތްވެސް ފޯރުކޮށްދެމުންނެވެ.

ކުކުޅު ފިހާރަ އިން ކުކުޅުގެ ބާވަތްތަކުން "ކަރީ ކަޓް" ވެސް މިފަހުން ވަނީ ތައާރަފު ކޮށްފައެވެ. ކުކުޅު ފިހާރައިން ބުނީ ހޯލްސޭލް އަދި ރީޓެއިލްކޮށް ވިއްކުމަށް ހުރިހާ ސައިޒަކުން ކަރީ ކަޓް ތައާރަފު ކުރުމާއެކު ވިޔަފާރިވެރިންގެ ވަގުތު ބޮޑުތަނުން ސަލާމަތްވާނެ ކަމަށާއި ކުކުޅު ކޮށައިގެން ވިއްކުމަށް ކުދި ވިޔަފާރިތަކުން ދެން އިތުރަށް ފައިސާ ހަރަދުކުރަން ނުޖެހޭނެ ކަމަށެވެ.

ކުކުޅު ފިހާރައާ ބެހޭ އިތުރު މައުލޫމާތު ހޯއްދުމަށް 9986575 ގުޅުމުން އެ މައުލޫމާތު ލިބޭނެ ކަމަށް އެ ފިހާރައިން ބުނެއެވެ.