ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެ ބޭންކުގެ އެމެރިކަން އެކްސްޕްރެސް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
ބީއެމްއެލުން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، މި ޕްރޮމޯޝަން ފެށީ ބީއެމްއެލް އަދި ބީއެމްއެލް އިސްލާމިކުން ދޫކޮށްފައިވާ އެމެރިކަން އެކްސްޕްރެސް ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކުރާ ފަރާތްތަކުން އާންމުކޮށް ކޮންމެ ދުވަހަކު ކުރާ ވިޔަފާރިތަކުން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަށެވެ.
މިއަދުން ފެށިގެން އަންނަ މަހުގެ 31 ގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮމޯޝަންގެ ގުރުއަތުގައި ބައިވެރިވެވޭނީ، އެ މުއްދަތުގެ ތެރޭގައި އެމެރިކަން އެކްސްޕްރެސް ކާޑުން ހަފުތާއަކު މަދުވެގެން 1،000 ރުފިޔާގެ ވިޔަފާރިކޮށްގެންނެވެ. ބޭންކުން ބުނި ގޮތުގައި، ޕްރޮމޯޝަންގައި ގުނާނީ ބީއެމްއެލްގެ ޕީއޯއެސް ޓާމިނަލްތަކާއި ޕޭމަންޓް ގޭޓްވޭ އަދި ކިއުއާރު މެދުވެރިކޮށް ކުރާ ޝަރުތު ހަމަވާ ވިޔަފާރީގެ މުއާމަލާތްތަކެވެ.
މި ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ހަތަރު ނަސީބުވެރިންނަށް ތަފާތު ހަތަރު އިނާމެއް ދިނުމަށް ބީއެމްއެލުން ވަނީ ނިންމައިފައެވެ. އޭގެ ތެރޭގައި ކްރޮސްރޯޑްސް މޯލްޑިވްސްގައި ހުންނަ ހާޑް ރޮކް ކެފޭ މޯލްޑިވްސްގައި ދެ މީހަކަށް ރޭގަނޑުގެ ކެއުމަކާއި، މެކްބުކް ނިއޯއަކާއި އެޕަލް ވޮޗަކާއި އެއާޕޮޑްސް ހިމެނޭ އެޕަލް ބަންޑަލްއެއް ހިމެނެއެވެ.
މީގެ އިތުރުން، ބ. ފުޅަދޫގައި ހުންނަ ވިލާ މިއާގައި ޗުއްޓީ ހޭދަކުރުމާއި ގާތްތިމާގެ މީހުން ނުވަތަ ރައްޓެހިންގެ ތެރެއިން ހަތަރު މީހުންނާއެކު އެކްސްކާޝަން ދަތުރެއް ދިއުމުގެ ފުރުސަތު އެއް ނަސީބުވެރިޔަކަށް ލިބޭނެއެވެ. ހަތަރުވަނަ އިނާމެއްގެ ގޮތުގައި ހުށަހަޅާފައިވަނީ ރިސޯޓެއްގައި ދެ މީހަކަށް ދެ ރޭގެ ޗުއްޓީއަކާއެކު އެންމަޑި ބަލަން ސްނޯކްލިންއަށް ދިއުމުގެ ފުރުސަތެވެ.
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ކޮމެންޓް