ތިލަފުށީގައި ހުރި ގުދަނެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފިއެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވީ މިހާރު އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލްކުރެވިފައިވާ ކަމަށެވެ.
ތިލަފުށީގައި ހުރި ގުދަނެއްގައި ރޯވި ކަމުގެ ރިޕޯޓު އެމްއެންޑީއެފަށް ލިބިފައިވަނީ މިރޭ 8:24 ހާއިރު ކަމަށާއި ތިލަފުށީގައި އަލިފާން ރޯވެފައިވަނީ "ސެކިއާ ބޭގް" ގުދަނުގައި ކަމަށް އާޒިމް ވިދާޅުވިއެވެ.
އަލިފާން ކޮންޓްރޯލްކުރުމުގައި ފުރަތަމަ ހަރަކާތްތެރިވެފައިވަނީ އެމްއެންޑީއެފްގެ ތިލަފުށި ފަޔާ ޓީމުންނެވެ. އެ ހާދިސާ ހިނގުމާއެކު މާލެއިން ބެކްއަޕް ޓީމެއް ވެސް ތިލަފުއްޓަށް ދިޔައެވެ. އޭގެ ފަހުން އިތުރު ފަޔާ ޓީމެއް ވެސް އަލިފާން ނިއްވުމުގައި ހަރަކާތްތެރިވިއެވެ.
އާޒިމް ވިދާޅުވީ އަލިފާން ނިއްވާލުމަށް ފޯމްއާއި ފެން ބޭނުންކޮށްފައިވާ ކަމަށާއި އަލިފާން ރޯވެފައިވާ ގުދަނުގައި ހުރީ ފަސޭހައިން އަލިފާން ރޯވާ ޒާތުގެ ތަކެތި ކަމަށެވެ. އޭގެ ތެރޭގައި ގިނަ އަދަދަކަށް ދަވާދު ސްޓޮކްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު