ދުވާލަކު 10 ގަޑިއިރަށް ވުރެ ގިނައިން ނިދަން ހެއްޔެވެ؟ ކޮންމެ ތާކުވެސް ކޮންމެ ގަަޑިއެއްގައިވެސް ނިދެނީ ހެއްޔެވެ؟ އެހެން ވާނަމަ އެއީ އަޅައިނުލައި ދޫކޮށްލާ ކަހަލަ ކަމެއް ނޫނެވެ. ހަމަނިދި ނުލިބުމުގެ ސަބަބުން ހަށިގަނޑަށް ގެއްލުންވާ ބީދައިން މާގިނައިން ނިދުމަކީވެސް އެކަމުގެ ސަބަބުން ސިއްހީ ބައެއް މައްސަލަތަކާއި ކުރިމަތިވެދާނެ ކަމެކެވެ. ނިދަން ޖެހޭ ވަގުތަށް ވުރެ ގިނައިރު ނިދުނަސް ގިނަ މީހުންނަށް އެކަމާ މެދު ބާ ބޮޑަށް އަޅައި ނުލެވެނީ މަސައްކަތުގައި މާބުރަކޮށް އުޅުމުން ވާގޮތެއް ކަމަށް ހީކޮށެވެ. އެހެންނަމަވެސް ދުވާލަކު 10 ގަަޑިއިރަށްވުރެ ގިނައިން ނިދާނަމަ އެނގެން ޖެހޭ ބައެއް ކަންކަން އެބަހުއްޓެވެ.
ގިނަ އިރު ނިދޭ ނަމަ އަޅައިނުލައި ދޫކޮށްލުމަށްވުރެ، އެހެން ދިމާވަނީ ކީއްވެގެންތޯ ބަލާށެވެ. ގިނަ ފަހަރަށް މާ ގިނައިން ނިދެނީ ހައިޕަރސޮމްނިއާ ހުންނާތީއެވެ. ހައިޕަސޮމްނިއާ އަކީ އިންސޯމިއާ ގެ އިދިކޮޅެވެ. އިންސޯމިއާ އަކީ ނިދި ނައުމުވެ. ނުވަތަ ނިދަން އުނދަގޫވުމެވެ. އެހެންނަމަވެސް ހައިޕަސޮމްނިއާ އަކީ މާގިނައިރު ނިދުމެވެ. އަބަދު ނިދި އައިސް ހުރުމަކީ އެހެން ބައެއް ސިއްހީ މައްސަލަތަކުގެ އަލާމާތަކަށް ވެސް ވެދާނެއެވެ.
ޑިޕްރެޝަނަކީ ގިނަ މީހުން ތަހައްމަލު ކުރަން ޖެހިފައިވާ ނަފްސާނީ ބަލިމަަޑުކަމެކެވެ. އެގޮތުން މީހަކު ޑިޕްރެޝަންގެ ޝިކާރައަކަށް ވާނަމަ، އެމީހަކު އަބަދު ނިދުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. ޑިޕްރެޝަނަށް ދިޔައީމަ ބައެއް މީހުންނަށް ނުނިދޭއިރު، އަނެއްބައި މީހުން ޑިޕްރެޝަނަށް ދިޔައީމަ، އަބަދު ނިދާނީއެވެ. އެހެންކަމުން އަބަދު ވަރުބަލިވެފައި ނުވަތަ އަބަދު ނިދި އައިސް ނިދޭ ނަމަ ނަފްސާނީ ޑޮކްޓަރަކަށް ދެއްކުމަކީ ވަރަށް މުހިންމު ކަމެކެވެ.
ދުވާލަކު 10 ގަޑިއިރަށްވުރެ ގިނައިން ނިދާ ނަމަ އެއީ ހިތުގެ ބައްޔެއް ޖެހިފައި ހުރިކަމުގެ ނިޝާނަކަށްވެސް ވެދާނެއެވެ. އެގޮތުން ނާސަސް ހެލްތު ސްޓަޑީ އިން ހެދި ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ދުވާލަކު 10 ނުވަތަ 12 ގަޑިއިރު ނިދާ މީހުންގެ ތެރެއިން 38 އިންސައްތަ މީހުންނަށް ހުންނަނީ ހިތުގެ ބައްޔެއް ޖެހިފައެވެ. އެހެންކަމުން މާގިނައިން ނިދި އަންނަ ނަމަ ވީހާވެސް އަވަހަކަށް ހިތުގެ ބަލިތަކުގެ ޑޮކްޓަރަކަށް ދެއްކުމަކީވެސް ވަރަށް ބުއްދިވެރި ކަމެކެވެ.
ސިއްހަތު
ސިއްހަތު
ސިއްހަތު
ސިއްހަތު