ރާއްޖޭގެ ބާޒާރުގައި ވިއްކާ ގިނަ ކާބޯތަކެއްޗަކީ އެ ތަކެތީގެ ސިއްހީ ފައިދާތައް އިލްމީ ގޮތުން ކަށަވަރުކުރެވިފައި ނުވާ ބާވަތްތައްކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ބުނެފިއެވެ.
އެމްއެފްޑީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ރާއްޖޭގައި އުފައްދާ އަދި ވިއްކާ ބައެއް ކާބޯތަކެތި އިޝްތިހާރުކުރާއިރު، ބައްޔަށް ފަރުވާދޭނެކަމަށް ނުވަތަ ހަށިގަނޑަށް އެދެވޭ ބަދަލުތަކެއް ގެނެސްދޭނެކަމަށް ދޭހަވާ ގޮތަށް ލެބޯޓްރީ ރިޕޯޓުތައް ބޭނުންކުރާ ކަމަށެވެ.
ނަމަވެސް، ކާބޯތަކެތީގެ ސިއްހީ ފައިދާތަކާ ގުޅިގެން ލެބޯޓްރީ ރިޕޯޓުތައް ނުވަތަ އެނޫން ލިޔެކިޔުންތައް އިޝްތިހާރުކުރުމަށް ބޭނުންކުރުމަކީ ގަވާއިދުން މަނާކަމެއްކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.
"ބަލިތަކަށް ފަރުވާ ލިބޭކަމަށް ނުވަތަ ހަށިގަނޑަށް އެދެވޭ ބަދަލުތަކެއް ގެނެސްދޭނެ ކަމަށް ދައްކައިގެން ތައްޔާރުކޮށް، އުފައްދާ އަދި އިޝްތިހާރުކުރާ ކާބޯތަކެތީގައި ހިމަނާ ސިއްހީ މައުލޫމާތަކީ އިލްމީ ދިރާސާތަކުން ސާބިތުވެފައިވާ ތެދު މައުލޫމާތަށް ވާންޖެހެއެވެ." އެމްއެފްޑީއޭއިން ބުންޏެވެ.
ނަމަވެސް، ރާއްޖޭގެ ބާޒާރުގައި ވިއްކަން ހުންނަ ގިނަ އެފަދަ އުފެއްދުންތަކަކީ އޭގެ ސިއްހީ ފައިދާ އިލްމީ ގޮތުން ކަށަވަރުކުރެވިފައިވާ ތަކެތި ނޫންކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.
އެމްއެފްޑީއޭއިން ވަނީ ބަލިތަކަށް ޝިފާއެއް ލިބޭނެކަމަށް ނުވަތަ ހަށިގަނޑަށް ވަކި ހާއްސަ ބަދަލެއް ގެނެސްދޭނެކަމަށް ދޭހަވާގޮތަށް އުފެއްދުންތައް މާކެޓު ނުކުރުމަށް އުފައްދާ ފަރާތްތަކަށާއި ވިއްކާ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)
ކޮމެންޓް