މާދަމާއިން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރުފަހު 2:00 އަށް ބީއެމްއެލް ހުޅުވައި ހިދުމަތް ދޭނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލުން ނެރުނު ބަޔާނެއްގައި ބުނީ މާދަމާ އިން ފެށިގެން ބުރާސްފަތީގެ ނިޔަލަށް ބީއެމްއެލްގެ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް ހުޅުވުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ފެށިގެން މެންދުރުފަހު 2:00 އަށް ކަމަށާއި އެ ދުވަސްތަކުގައި އޮންލައިން އަދި ސެލްފް ސާވިސް ބޭންކިން މެދުވެރިކޮށް ލިބެން ނުހުންނަ ހިދުމަތްތައް ލިބޭނެ ކަމަށެވެ.

މާލޭ ސިޓީގައި ގާއިމުކުރެވިފައިވާ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް މެދުވެރިކޮށް ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓް އުސޫލުންނެވެ.

"ކޮންމެ ދުވަހަކަށްވެސް އެޕޮއިންޓްމަންޓް ހެދުމުގެ ފުރުސަތު އެޕޮއިންޓްމަންޓް ޕޯޓަލް ނުވަތަ އެސްއެމްއެސް މެދުވެރިކޮށް އޭގެ ކުރީ ދުވަހު ހުޅުވާލެވޭނެއެވެ. މިސާލަކަށް ހޯމަ ދުވަހު އެޕޮއިންޓްމަންޓް ހެދުމުގެ ފުރުސަތު އާދިއްތަ ވިލޭރޭ 12:00 އިން ފެށިގެން ހުޅުވާލެވޭނެއެވެ..،" ބީއެމްއެލުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

  • ރާއްޖޭން ބޭރަށް ފައިސާ ޓްރާންސްފާ ކުރުން
  • ޕޭ ރޯލް ހިދުމަތް (މުވައްޒަފުންގެ މުސާރަ ޖަމާކޮށްދިނުން)
  • ލޯކަލް ބޭންކް ޓްރާންސްފާ
  • މީރާއަށް ފައިސާ ދެއްކެމުގެ ހިދުމަތް
  • ޕީއޯއެސްގެ ހިދުމަތަށް އެދި ހުށަހެޅުން

ބޭންކު ހުޅުވޭ ކޮންމެ ދުވަހެއްގައިވެސް އެ ހިދުމަތްތައް ދެމުންދާނެ އެންމެފަހު ވަގުތުތަކުގެ ތަފުސީލް ބޭންކުގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ބީއެމްއެލުން ބުނެއެވެ.

  • ނަގުދު ފައިސާ ޖަމާކުރުން
  • ވިޔަފާރި އެކައުންޓަކަށް ދުވާލަކު 500،000 ރުފިޔާ
  • އާންމު ފަރުދުންގެ އެކައުންޓަކަށް ދުވާލަކު 100،000 ރުފިޔާ
  • ޗެކު ޖަމާކުރުން

އޭޓީއެމް މެދުވެރިކޮށް ޖަމާކުރާ ބީއެމްއެލް އަދި އެހެން ބޭންކުތަކުގެ ޗެކް ޕްރޮސެސް ކުރުމަށް ކަނޑައެޅިފައިވާ އެންމެ ފަހު ވަގުތުތައް https://www.bankofmaldives.com.mv/essential-services-via-online ލިންކުން ލިބޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ.

ބީއެމްއެލުން މައުލޫމާތުދޭގޮތުގައި އެ ބޭންކުން އެންމެ އިސްކަމެއްދެނީ ކަސްޓަމަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށެވެ. ކަސްޓަމަރުން ގޭގައި ތިބެގެން ބޭންކިން ހިދުމަތް ބޭނުންކޮށް، އޮންލައިންކޮށް ލިބެން ހުންނަ ހިދުމަތްތައް ބޭނުންކުރުމަށް އެ ބޭންކުން އެދެއެވެ.