ކޮވިޑް ފެތުރެން ފެށުމާއެކު ދުނިޔޭގެ ހުރިހާ ވައިގެ ދަތުރުފަތުރަށް ބުރޫ އަރައި އެތައް އެއާޕޯޓެއް ބަންދުކޮށް ދަތުރުފަތުރު ކުރުން ހުއްޓުމަކަށް ވަނީ އައިސްފައެވެ.
އެތައް ބަޔަކު މިހާރުވެސް ދަތުރުފަތުރު ކުރުމަށް ކެތްމަދުވެފައިވާއިރު ގިނަ އެއާޕޯޓުތައް އަދިވެސް ވަނީ ބަންދު ކޮށްފައެވެ.
ދަތުރުފަތުރު ކުރުމަށް ކެތްމަދުވެފައިވާ މީހުންނަށް ޓައިވާނުން ވަނީ ހިތްހަމަޖައްސާލުމަށް ތަފާތު ތަޖުރިބާއެއް ކުރުމަށް ފުރުސަތު ދީފައެވެ. އެގޮތުން ޓައިވާނުގެ ޓައިޕޭގެ ސޮންގްޝަން އެއާޕޯޓުން ވަނީ މިފަރާތްތަކަށް ތަފާތު ތަޖުރިބާއެއް ކުރުމަށް ފުރުސަތު ދީފައެެވެ.
ދަތުރު ކުރުމަށް ބޭނުންވާ ފަރާތްތަކުގެ ތެރެއިން ހޮވައިލެވޭ ފަރާތްތަކަށް އެއާޕޯޓަށް ދިއުމުން ޗެކިން ކުރުމަށްފަހު އެއާޕޯޓުގެ ސެކިއުރިޓީ އަދި އިމިގްރޭޝަން އިން ކުރަން ޖެހޭ ކަންކަން ކުރުމުގެ ފުރުސަތު ދޭނެއެވެ. އެޔަށްފަހު ޗައިނާ އެއާލައިންސްގެ އޭ330 މަރުކާގެ ފްލައިޓަކަށް އަރުވާނެއެވެ. އަދި ފްލައިޓުތެރޭގައި ދޭ ހުރިހާ ހިދުމަތްތަކެއް ވެސް ދޭނެއެވެ. ނަމަވެސް ފްލައިޓު ދަތުރެއް ނުކުރާނެއެވެ. އަނެއްކާވެސް ފްލައިޓުން ފައިބައިގެން އިމިގްރޭޝަން ފުރިހަމަކޮށް އަނބުރާ ވަންނަން ޖެހޭނީ ޓައިވާނަށެވެ.
ސޮންގްޝަން އެއާޕޯޓުން މި ގޮތަށް ދަތުރު ކުރުމަށް ބޭނުންވާ ފަރާތްތަކުން ނަން ނޯޓު ކުރުމުގެ ފުރުސަތު ހުޅުވާލުމާއެކު 7000 މީހުން ނަންނޯޓު ކޮށްފައި ވެއެވެ. ނަންނޯޓު ކުރާ ފަރާތްތަކުގެ ތެރެއިން 60 މީހުންނަށް ފުރުސަތު ދިނުމަށް ނިންމާފައި ވެއެވެ. މި60 މީހުންނަށް އެކި ދުވަސްތަކުގެ މަތިން މި ތަޖުރިބާ ކުރުމުގެ ފުރުސަތު ދިނުމަށް ނިންމާފައި ވެއެވެ.
ސޮންގްޝަން އެއާޕޯޓުން ވަނީ މި ޕްރޮގްރާމުގެ ސަބަބުން ބައިވެރީންނަށް އެއާޕޯޓުގައި އަޅާފައިވާ ސިއްހީ ހަރުކަށި ފިޔަވަޅުތަކަށް އަހުލުވެރިވެ އާންމު ހާލަތަކަށް އެއާޕޯޓު ހުޅުވާލުމުން އަމަލުކުރަން ޖެހޭ ގޮތް އެނގޭނެކަމަށް ބުނެފައެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް