އިންޑިއާއިން އުފެއްދި އިތުރު ވެކްސިންއެއް ޓެސްޓު ކުރުމަށް އިންސާނުންގެ ގަޔަށް ޖަހަން ހުއްދަ ދީފިއެވެ.
އިންޑިއާގެ އަހުމަދު އާބާދުގެ ޒައިޑުސް ކަޑިލާ ހެލްތު ކެއާއިން ކޮވިޑާ ދެކޮޅަށް އުފެއްދި ވެކްސިންގެ ލެބޯޓަރީ ޓެސްޓުތައް ނިމި އިންސާނުންގެ ގަޔަށް ޖަހައިގެން ޓެސްޓުތައް ހެދުމުގެ ހުއްދަ ދީފައިވަނީ އެގައުމުގެ ޑްރަގްސް ކޮންޓްރޯލާ ޖެނެރަލް އޮފް އިންޑިއާއިންނެވެ.
މިހުއްދައިގެ ދަށުން އިންސާނުންގެ ގަޔަށް ޖަހައި ޓެސްޓު ހެދުމަށް ދެފޭހެއްގެ ދަށުން މަސައްކަތް ކުރުމަށް ޒައިޑަސް އިން ވަނީ ނިންމައިފައެވެ.
ޒައިޑަސް އިން ވަނީ ފުރަތަމަ ޓެސްޓުތަކުގެ ތެރެއިން ޖަނަވާރުން ބޭނުންކޮށްގެން ހަދާފައިވާ ޓެސްޓުތަކުން ވަރަށް ކާމިޔާބު ނަތީޖާއެއް ނެރެވިފައިވާ ކަމަށް ބުނެފައެވެ. އެގޮތުން މިވެކްސިންގެ އިމިއުން ރެސްޕޮންސް ވަރަށް ބާރުގަދަ ކަމަށާއި ވައިރަސް އެއްކޮށް ނައްތައިލުމުގެ ގާބިލުކަން ލިބޭނެކަން ޔަގީންވާ ކަމަށްވެސް ވަނީ ބުނެފައެވެ.
ޒައިޑަސްއިން ވަނީ އިންޑިއާގެ އެކި ސިޓީތަކުން 1000 މީހުންނަށް ޓެސްޓުގެ ފުރަތަމަ ފޭހުގައި ވެކްސިން ޖަހަން ނިންމާފައިވާ ކަމަށްވެސް ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ