މިދިޔަ މަހުގެ 14 ވަނަ ދުވަހު ސުޝާންތު ސިންގުރާޖުޕުތު މުމްބާއީގެ ބަންޑްރާގައި ހުންނަ އޭނާގެ ގޭގައި އަމިއްލައަށް ދަން ޖެހިގެން މަރުވުމާއި ގުޅިގެން ބޮލީވުޑްގައި އޭނާއާއި ދޭތެރޭ ކަންތައް ކުރި އިހާނެތިގޮތާއި ދެކޮޅަށް އެންމެބޮޑަށް އަޑު އުފުލަމުން ދާ އެކަކީ ކަންގަނާ ރަނޯއަތުއެވެ.
މީގެ ދުވަސްކޮޅެއް ކުރިން ސުޝާންތުގެ މަރުގެ މައްސަލައާއި ގުޅިގެން ސުވާލުކުރަން ފުލުހަށް ހާޒިރުވާން ކަންގަނާއަށް އަންގާފައިވާ ކަމަށްބުނެ އަޑުތަކެއް ވަނީ ފެތުރިފައެވެ. އެހެންނަމަވެސް ކަންގަނާ މިވަނީ އެވާހަކަތައް ދޮގުކޮށްފައެވެ.
އެގޮތުން ކަންގަނާގެ ޓީމުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ސުޝާންތުގެ މައްސަލައިގައި ފުލުހަށް ހާޒިރުވާން ކަންގަނާއަށް އަދި އަންގާފައިނުވާ ކަމަށާއި، ފުލުހުން ހާޒިރުވާން އެދެފިނަމަ، ކަންގަނާ ވަރަށް ބޮޑަށް އެއްބާރުލުން ދޭނެ ކަމަށެވެ.
ސުޝާންތުގެ މަރާއި ގުޅިގެން މިހާތަނަށް 28 މީހެއްގެ ބަޔާން ބިހާރުގެ ފުލުހުން ވަނީ ނަގައިފައެވެ. އޭގެ ތެރޭގައި، މަޝްހޫރު ތަރިންނާއި ސުޝާންތުގެ އެކުވެރިންނާއި އާއިލާ އާއި ލޯބިވެރިޔާ ރިއާ ޗަކަރަބޮޓީވެސް ހިމެނެއެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން