ބޮލީވުޑްގައި ނެޕޮޓިޒަމް އޮތް މިންވަރުގެ ބަހުސްއަކީ މިިހާރު އެންމެ ހޫނުކޮށް ކުރެވެމުން އަންނަ ބަހުސެވެ. އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ ގިނަ ފަންނާނުން ވަނީ ނެޕްޓިޒަމް އާއި ގުޅޭގޮތުން އެމީހުންގެ ހިޔާލު ހިއްސާ ކޮށްފައެވެ.
އެގޮތުން ފިލްމު "އެންޓަޓައިމެންޓް" ގެ ލީޑްރޯލުން ފެނިގެންދިޔަ ތަމައްނާ ބާޓިއާ ވެސް މިވަނީ ނެޕްޓިޒަމްއާއި ބެހޭގޮތުން އޭނާ ދެކޭ ގޮތް އިންޑިއާގެ ނޫހެއް ކަމަށްވާ ހިންދުސްތާނު ޓައިމްސްއާ ހިއްސާ ކޮށްފައެވެ.
ތަމައްނާ ބުނީ އޭނާއަކީ ފިލްމީ އާއިލާއަކަށް ނިސްބަތްވާ ތަރިއެއް ނޫން ކަމަށެވެ. އަދި މުމްބާއީ އަށް ގޮސް ފުރަތަމަ ޓެލިނގޫ އަދި ޓަމިލް ފިލްމުތަކުގައި މަސައްކަތް ކުރަން ފެށިއިރު، އެބަސްތަކުން ވާހަކަ ދައްކަންވެސް އަދި އެ ދާއިރާގައި ވާނުވާވެސް ނޭނގޭ ކަމަށެވެ. ތަމައްނާ އިތުރަށް ބުނީ، އޭނާ ކުރަމުންދިޔަ ބުރަ މަސައްކަތުގެ ސަބަބުން އިތުރު ފިލްމުތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނު ކަމަށެވެ.
ތަމައްނާ ބުނީ ފިލްމު އިންޑަސްޓްރީގައި އޭނާގެ ގާތް އެއްވެސް މީހަކުވެސް ނެތް ކަމަށާއި، އޭނާ އަށް ގިނަ ފިލްމު ލިބެން ފެށީ، ގައިގައި ހުރި ހުނަރުގެ ސަބަބުން ކަމަށެވެ. ނެޕޮޓިޒަމުގެ ސަބަބުން ކާމިޔާބީ އަށް ވާސިލުވުން ނުހުއްޓުވޭނެ ކަމަށްވެސް ތަމައްނާ ބުންޏެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން