ބ. ބޮޑުފިނޮޅުގައި ބިދޭސީން ދިވެހިންތަކެއް ރަހީނުކޮށް ހިންގާ ހަމަނުޖެހުމުން ފަތާފައި ގޮސް އެއް ދިވެއްސަކު ސަލާމަތްވެފައިވާކަން "ވަން"އަށް ކަށަވަރުވެއްޖެއެވެ.
ތުޅާދޫގެ ރައްޔިތަކު "ވަން"އަށް މައުލޫމާތު ދެމުން ބުނީ، ބޮޑުފިނޮޅުގައި ރަހީނުކޮށްފައި ހުރި އެރަށުގެ މީހަކު ފަތާފައި އަރައިފައިވާ ކަމަށެވެ. އޭނާ ފަތާފައި އައިސް ތުޅާދުއަށް އަރައިފައިވަނީ މިރޭ 10:02 އެވެ.
ބޮޑުފިނޮޅުގައި 200 ވަރަކަށް ބިދޭސީން ހަރަކާތްތެރިވަމުން އަންނަ އިރު، އެރަށުގައި ތިބި 15 ދިވެހިން ވަނީ ރަހީނުކޮށްފައެވެ. އަދި އޭގެ ތެރެއިން ބައެއް މީހުން އައްސާފައިވާކަމުގެ މައުލޫމާތުވެސް ލިބެއެވެ.
ބޮނުފިނޮޅުގައި ހިންގަމުންދާ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް އެރަށަށް ފުލުހުންގެ ޓީމެއް އެރުމަށް މަސައްކަތްކުރި ނަމަވެސް އެކަން ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ. އެހެންކަމުން މާލެއިން ފުލުހުންގެ އިތުރު ޓީމަކާއި ސިފައިންގެ ޓީމެއް އެރަަށަށް ދިއުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ބޮޑުފިނޮޅުގެ ބިދޭސީން ހަމަނުޖެހުން ހިންގަނީ މުސާރަ ނުދޭތީ ކަމަށް ބުނެއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު