ބ. ބޮޑުފިނޮޅުގައި ބިދޭސީން ދިވެހިންތަކެއް ރަހީނުކޮށް ހިންގާ ހަމަނުޖެހުން ކޮންޓްރޯލްކުރުމަށް އަދިވެސް ފުލުހުންނަށް ބޮޑުފިނޮޅަށް އެރޭގޮތް ވެފައިނުވާކަން "ވަން"އަށް ކަށަވަރުވެއްޖެއެވެ.
އިތުބާރު ހުރި މަސްދަރަކުން "ވަން"އަށް ކަށަވަރުވެފައިވާ ގޮތުގައި ބޮޑުފިނޮޅުގައި ހިންގަމުންދާ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް 50 އެއްހާ ފުލުހުން ހިމެނޭ ޓީމަކުން އެރަށަށް އަރަން އުޅުނު ނަމަވެސް އެކަން ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ. އެގޮތުން އެރަށަށް ފުލުހުންގެ ލޯންޗު ގާތްކުރިޔަ ނުދީ އެރަށުގައި ތިބި ބިދޭސީން ވަނީ ފުލުހުންގެ ލޯންޗަށް އަމާޒުކޮށް ދަގަނޑާއި ގައު ފަދަ އެއްޗެހި އުކައިފައެވެ.
އޭގެ ފަހުން އެނބުރި ބ. ތުޅާދުއަށް ގޮސް ދޯންޏެއްގައި ވެސް ފުލުހުން ވަނީ ބޮޑުފިނޮޅަށް އެރޭތޯ މަސައްކަތް ކޮށްފައެވެ. ނަމަވެސް އެކަންވެސް ކާމިޔާބުވާ ގޮތް ނުވިއެވެ.
ބޮޑުފިނޮޅުގައި 200 ބިދޭސީން ތިބި އިރު އެރަށުގައި 15 ދިވެހިން ވަނީ ރަހީނުކޮށްފައެވެ. ބިދޭސީން ޑިމާންޑް ކުރަމުން ދަނީ އެމީހުންނަށް މުސާރަތައް ދިނުމަށެވެ.
އެނގިފައިވާ ގޮތުގައި އެމީހުންނަށް މުސާރަ ނުދޭތާ ހައެއްކަ މަސް ވެދާނެއެވެ.
ބޮޑުފިނޮޅުގެ ހަމަނުޖެހުން މަސަލަސްކުރުމަށް މާލެއިން ފުލުހުންނާއި ސިފައިންގެ ޓީމެއް އެރަށް ދިއުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު