ދިވެހިންތަކެއް ރަހީނުކޮށް ބިދޭސީން ހަމަނުޖެހުންތައް ހިންގާ ބ. ބޮޑުފިނޮޅުގައި ތިބީ 200 އެއްހާ ބިދޭސީންނާއި 15 ދިވެހިން ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، އެ ރިސޯޓުގައި ތިބީ 200 އެއްހާ ބިދޭސީންނާއި 15 ދިވެހިން ކަމަށެވެ. އަދި އެރަށުގައި ފުލުހުންގެ ޓީމެއް ހަރަކާތްތެރިވަމުން އަންނައިރު އިތުރު ފުލުހުންވެސް އެރަށަށް އައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ރަހީނުކޮށްފައިވަނީ އެރަށުގައި މަސައްކަތްކުރާ 15 ދިވެހިންނެވެ. އަދި އެމީހުން ރަހީނުކޮށްފައިވަނީ އެރަށުގައި މަސައްކަތް ކުރާ ބިދޭސީންނަށް މުސާރަ ނުދޭތާ ގިނަ މަސްތަކެއްވެފައިވާތީ ކަމަށް ވެސް އެނގިފައިވެއެވެ.
މައުލޫމާތު އެނގޭ ފަރާތަކުން "ވަން" އަށް ބުނީ، ރަހީނުކޮށްފައި ތިބި ދިވެހިންގެ ތެރެއިން ބައެއް ދިވެހިން ވަނީ ބަނދެފައި ކަމަށެވެ.
ބޮޑުފިނޮޅުގައި ހިންގަމުންދާ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ސިފައިންގެ ޓީމެއްވެސް އެރަށް ދިއުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު