ގައުމީ އެއާލައިން މޯލްޑިވިއަން އިން އޮންލައިން ޗެކިންގެ ހިދުމަތް ތައާރަފު ކޮށްފިއެވެ.
ކޮވިޑުގެ ސަބަބުން އެތެރޭގެ އުދުހުންތައް މެދުކަނޑާލައި އޮތުމަށްފަހު އިއްޔެއިން ފެށިގެން އެ އެއާލައިނުން ވަނީ އެތެރޭގެ އުނދުހުންތައް އަލުން ފަށައިފައެވެ.
މޯލްޑިވިއަނުން ކުރި ޓްވީޓެއްގައި ބުނީ، މިހާލަތުގައި ރައްޔިތުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ގޭގައި ތިބެގެން ފަސޭހަކަމާއެކު އޮންލައިން ކޮށް ޗެކިން ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.
އެގޮތުން ޑޮމެސްޓިކް ދަތުރުތަކުގެ 12 ގަޑިއިރު ކުރިން އޮންލައިން ޗެކިން ވެވޭނެ ކަމަށާއި އޮންލައިން ޗެކިން ބަންދުވާނީ ފްލައިޓު ފުރުމުގެ ހަގަޑި އިރު ކުރީން ކަމަށް މޯލްޑިވިއަން އިން ބުނެއެވެ. އިންޓަނޭޝަނަލް ދަތުރެއް ނަމަ 48 ގަޑިއިރު ކުރިން އޮންލައިން ޗެކިން ވެވޭނެ ކަމަށާއި ފްލައިޓުގެ ހަތަރު ގަޑިއިރު ކުރިން އޮންލައިން ޗެކިން ބަންދުވާނެ ކަމަށް ވެސް އެ އެއާލައިނުން ބުނެއެވެ.
މީގެ އިތުރުން މޯލްޑިވިއަން އިން ބުނީ، ޑޮމެސްޓިކް ފްލައިޓުތަކަށް އީ ބޯޑިންޕާހެއް ލިބޭނެ ކަމަށެވެ. ދަތުރުކުރާ ފަރާތްތަކުން ފްލައިޓު ފުރުމުގެ އެއްގަޑި އިރު ކުރިން ލަގެޖާއެކު އެއާޕޯޓަށް ދާން ޖެހޭނެ ކަމަށާއި ބޯޑިން ފާހުގައި ފްލައިޓުން ޖާގަ ލިބޭނެ ކަމަށް ޖަހާފައިވާ ޖާގަ އެހެނިހެން ސީޓަކަށް ބަދަލު ކުރުމުގެ ފުރުސަތުވެސް ލިބޭނެ ކަމަށެވެ. ނަމަވެސް މިގޮތަށް ސީޓު ބަދަލު ކުރާނީ ކޮވިޑް 19 އިން ރައްކާތެރި ވުމަށް އަޅާފައިވާ ފިޔަވަޅު ދަށުން ކަމަށް އެއެއާލައިނުން ބުނެއެވެ.
މޯލްޑިވިއަން އިން ބުނީ އޮންލައިން ޗެކިން ނިޒާމުގެ ސަބަބުން ޕަސިންޖަރުންގެ ވަގުތު ވަރަށް ބޮޑަށް ސަލާމަތް ވާ ކަމަށެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި