ރިސޯޓެއް ތަރައްގީކުރަމުން އަންނަ ބ. ބޮޑުފިނޮޅުގައި ބިދޭސީ މުވައްޒަފުންތަކެއް ދިވެހި މުވައްޒަފުންތަކެއް ރަހީނުކޮށް، ހިންގި ހަމަނުޖެހުން ކޮންޓްރޯލް ކުރުމުގައި ހަރަކާތްތެރިވި ފުލުހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ، ބ. އަތޮޅުގައި ރިސޯޓެއް ތަރައްގީކުރާ ރަށެއްގައި މަސައްކަތްކުރާ ބަންގުލަދޭޝް މުވައްޒަފުންތަކެއް، ދިވެހި މުވައްޒަފުންތަކެއް އެރަށުން ފޭބިޔަނުދީ ހިފަހައްޓައި ހަމަނުޖެހުން ހިންގާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން އެރަށުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ހަމަނުޖެހުން ކޮންޓްރޯލްކުރުމުގައި ހަރަކާތްތެރިވި ފުލުހަކަށް ހަމަލާދިނުމުގެ ސަބަބުން އަނިޔާވެފައިވާ ކަމަށާއި އެ ފުލުހަށް ބ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އޭނާގެ ބޯ ފަޅައިގެން ގޮސް، އެކިވަރުގެ އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އެރަށުގައި ބިދޭސީ މުވައްޒަފުންނާއި ދިވެހި މުވައްޒަފުންނާއި ދެމެދު ބޮޑެތި ކުރިމަތިލުންތަކެއް ހިނގަމުންދާއިރު، ބ. އަތޮޅު ތުޅާދޫންވެސް ބަޔަކު ވަނީ އެރަށަށް އަރައި ހަމަނުޖެހުން ހިންގައިފައެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު