ބޮޑުއީދާ ގުޅުވައިގެން ކަސްޓަމަރުންނާ ބައިވެރިވުމަށް މިފްކޯ އިން ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
މިފްކޯ އިން ބުނީ، މިމަހުގެ 1 އިން 23 އަށް ކުރިޔަށް ގެންދާ މި ޕްރޮމޯޝަންގައި މާލެ ސަރަހައްދުގައި ހުރި އެކުންފުނީގެ ތިން މަސްފިހާރައިގެ އިތުރުން މިފްކޯ ސައިޓްތަކުގައި ކޫއްޑު، ފެލިވަރު، ހުޅުމީދޫ މަސްވެރިންގެ މެރީނާގައި ހުޅުވާފައި ހުންނަ މިފްކޯ ސައިޓްތަކުގެ ފިހާރަތަކުން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ބައިވެރި ވެވޭނެ ކަމަށެވެ.
މި ޕްރޮމޯޝަންގައި ހަ ނަސީބުވެރިން ހޮވާނެ ކަމަށާއި ގުރުއަތުން، ނަސީބުވެރިންނަށް ބޮޑު އިނާމުގެ ގޮތުގައި ގޭގައި ބޭނުންކުރާ ހޯމް އެޕްލައިއެންސް އާއި އެކި ބާވަތުގެ މަސްކޭހުގެ އިނާމު ދޭން ހަމަޖެހިފައިވާ ކަމަށް މިފްކޯ އިން ބުނެއެވެ.
މި ޕްރޮމޯޝަންގައި މިފްކޯގެ ތެލާއި ފެނުގައި ބަންދުކޮށްފައި ހުންނަ 48 ދަޅު އަދި 24 ދަޅުގެ ކޭހަށް ހާއްސަ ރީޓެއިލް އަގުތަކެއް ވެސް ވަނީ ހަމަޖައްސައިފައެވެ. އެގޮތުން ފެލިވަރު ތެޔޮމަސް 48 ދަޅުގެ ކޭހެއް 640 ރުފިޔާއަށް، ފެން މަހުގެ 48 ކޭހެއް 595 ރުފިޔާއަށް ލިބޭނެ ކަމަށް މިފްކޯ އިން ބުނެއެވެ.
މިފްކޯ އިން ބުނީ، ރީޓެއިލް އަގުގައި ގަންނަ ކޮންމެ މަސްކޭހަކަށް ކޫޕަނެއް ލިބޭނެ ކަމަށާއި ކޫޕަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޖުލައި 23 ގެ ނިޔަލަށް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު