މަޝްހޫރު ބޮލީވުޑްގެ ތަރި އާމިރު ހާންގެ ގޭގައި މަސައްކަތް ކުރާ މުވައްޒަފަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން، އާމިރުގެ މަންމަ ޒީނަތު ހާން އަށް ބަލި ޖެހިފައި ވޭތޯ ބެލުމަށް ޓެސްޓް ކުރުމުން ނެގެޓިވް ވެއްޖެއެވެ.
އާމިރު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ މަންމަ ކޮވިޑް 19 އަށް ޓެސްޓް ކުރުމުން ނަތީޖާ ނެގެޓިވް ވުމުން ހިތްހަމަޖެހުން ލިބިއްޖެ ކަމަށެވެ. އޭނާގެ މަންމަ ނުރައްކާތެރި ކޮވިޑުން ރައްކާތެރިކޮށްދެއްވުމަށް އެދި ދުއާކުރި އެންމެންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށްވެސް އެ ޓުވީޓްގައި ބުނެފައި ވެއެވެ.
އާމިރު ހާންގެ މުވައްޒަފަކު ޕޮޒިޓިވް ވުމުން އޭނާގެ އިތުރުން އެގޭގައި އުޅޭ އެންމެން ވަނީ ބަލި ހުރިތޯ ބެލުމަށް ޓެސްޓް ކޮށްފައެވެ. އަދި އެންމެންގެ ނަތީޖާ ވަނީ ނެގެޓިވް ވެފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން